ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާ އިން ނަގާފައިވާ ކޮމާޝަލް ލޯނުތައް ދެއްކުން ފަސްކުރަން މިދަނީ މަޝްވަރާ ކުރަމުން: ސަފީރު

China Safeeru
ޗައިނާއިން ދިވެހި ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު، ޖަންގް ލީ ޖޮންގް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޗައިނާ އިން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުން ފަސް ކުރުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ރާއްޖެއަށް ޗައިނާ އިން ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެއެވެ.

ސަފީރު މިއަދު އާންމު ކުރެއްވި ވީޑިއޯ މެސެޖްތަކެއްގައި ވިދާޅުވީ ޗައިނާއިން ނަގާފައިވާ ކޮމާޝަލް ލޯނުތައް ފަސްކުރުމުގެ މަޝްވަރާ ފެށިފައިވާ ކަމަށެވެ. ގިނަ ލޯނުތަކަކީ ސަރުކާރުގެ ކުންފުނިތަކުން ނަގާފައިވާ ލޯނުތަކެއްކަން ފާހަގަކުރައްވާ ސަފީރު ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމުގެ މި ހާލަތުގައި ލޯނު ދައްކަން ގޮންޖެހުންތައް ހުންނާނެ ކަމަށް ޗައިނާއިން ގަބޫލުކުރާ ކަމަށެވެ.

ސަފީރު ވިދާޅުވީ ބައިލެޓްރަލް އޮފިޝަލް ސޮވެރިން ލޯނުތައް ފަސް ކޮށްދިނުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.

ސަފީރު ވިދާޅުވި ގޮތުގައި ސަރުކާރުން ސޮވެރިން ގެރެންޓީ ދީފައިވާ ކޮމާޝަލް ލޯނުތައް ފަސްކުރުމާއި ގުޅޭ ގޮތުންވެސް މަޝްވަރާ ކުރެވެމުން އަންނަ ކަމަށެވެ.

ސަފީރު ވަނީ ރާއްޖެއިން ޗައިނާ އިން ނަގާފައިވާ ލޯނުތަކާއި ގުޅޭ ގޮތުން އާއްމުންގެ ކަންބޮޑުވުންތައް ހުރި މިންވަރު އެމަނިކުފާނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: