ށ. ފުނަދޫ ކޮވިޑް ފެސިލިޓީގައި ފަރުވާދިން ދެ މީހަކު ރަނގަޅުވެ މިއަދު ދޫކޮށްލައިފިއެވެ.
ފުނަދޫ ކޯވިޑް ފެސިލިޓީގައި ފަރުވާދިނުމަށްފަހު މިއަދު ދޫކޮށްލާފައިވަނީ ނ. މާޅެންދޫން ކޮވިޑަށް ޕޮޒިޓިވްވި ދެ މީހެކެވެ. އެ ދެ މީހުން ފުނަދޫގެ ކޮވިޑް ފެސިލިޓީ އަށް ގެންގޮސްފައިވަނީ މިމަހުގެ 13 ވަނަ ދުވަހު އެވެ.
މިހާތަނަށް ފުނަދޫ ކޯވިޑް ފެސިލީޓިން ވަނީ ކޮވިޑަށް ޕޮޒިޓިވްވި ހަތަރު މީހަކަށް ފަރުވާ ދީފައެވެ.
ފުނަދޫގައި ޤާއިމުކޮށްފައިވާ ފެސިލިޓީގައި 20 އައިސީޔޫ އެނދާއި، 37 އައިސޮލޭޝަން އެނދު ހުރެއެވެ. މިއީ ހއ،ހދ،ށ ގެ ޒޯނުގެ ރަށްތަކަށް ނިސްބަތްވާ ފެސިލިޓީއެވެ.

