މާލޭ ހުކުރު މިސްކިތް އަންނަ ހަފްތާގައި ހުޅުވާލުމަށް ތައްޔާރުވަމުންދާކަމަށް މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ވިދާޅުވެއްޖެއެވެ.
މި މަސައްކަތްކުރުމަށް މިސްކިތް ބަންދުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގައެވެ.
މާލޭ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވައި ޙިމާޔަތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ އާކިއޮލޮޖިކަލް ސަރވޭ އޮފް އިންޑިއާގެ ޚާއްސަ ޓީމަކުންނެވެ.
ދެއަހަރު ދުވަހުގެ މި މަޝްރޫއެއްގެ ދަށުން މި މަޝްރޫޢުގެ މަސައްކަތަށް މިސްކިތް ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށް ހެރިޓޭޖް މިނިސްޓްރީން ވިދާޅުވެއެވެ.
މި މަސްރޫއު ކުރިޔަށް ދަނީ އިންޑިއާ ސަރުކާރުގެ އެހީގެ ދަށުންނެވެ.

