ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ޝަހީމްއާ އެކު އިދިކޮޅުން ރާއްޖޭގެ އިސްލާމީ ވަހުދަތު ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތް އިތުރަށް ވަރުގަދަވާނެ“

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ޕީޕީއެމްގެ އާ އެޑްވައިޒަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއާ އެކު އިދިކޮޅުން ރާއްޖޭގެ އިސްލާމީ ވަހުދަތު ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތް އިތުރަށް ވަރުގަދަވެގެން ދާނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ އެޑްވައިޒަރު ކަމަށް ޝަހީމް ވަނީ އައްޔަނު ކުރައްވާފައެވެ.

މިކަމާ ގުޅިގެން އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝަހީމް މަސައްކަތް ފެއްޓެވުމުން އިތުރު ގިނަ އިލްމުވެރިން ޕީޕީއެމް/ޕީއެންސީއާ ގުޅޭނެ ކަމަށެވެ. އަދި ރާއްޖޭގެ އިސްލާމީ ވަހުދަތު ރައްކާތެރިކުރުމަށް އިދިކޮޅުން ކުރަމުން ގެންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

”މީގެ އިތުރުން ހަރުކަށި ފިކުރާއި ލާދީނީ ފިކުރާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްވެސް ވަރުގަދަ ކުރާނަން. އިންޝާﷲ.“ އާދަމް ޝަރީފް ވިދާޅުވިއެވެ.

ޝަހީމް އަކީ ޕީޕީއެމްގެ ކައުންސިލު މެމްބަރެއް ކަމަށްވާއިރު އޭނާ އަކީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓުކަން ވެސް ކުރެއްވި ފަރާތެވެ. އިންތިހާބުން ލިބުނު ނާކާމިޔާބީއާއެކު ޝަހީމް ވަނީ ރާއްޖެ އިން ބޭރުގެ ވަޒީފާ އަކަށް ވަޑައިގަންނަވާފައެވެ.

އެގޮތުން ޝަހީމް ވަޑައިގެންނެވީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުގެ މަގާމަށެވެ. އޯއައިސީގެ މައި އިދާރާ ހުންނަނީ ސައުދީ އަރަބިއްޔާގެ ޖިއްދާގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: