ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދީބަށް ކުރެވުނު ކުށަށް އިއުތިރާފްވެ، ތައުބާވުމުން ޒައިދު މަރުހަބާ ދަންނަވައިފި!

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ކުރެވުނު ކުށަށް އިއުތިރާފްވެ، ތައުބާވުމުން މަޝްހޫރު ދީނީ އިލްމުވެރިޔާ އަލީ ޒައިދު މަރުހަބާ ދަންނަވައިފިއެވެ.

އަދީބު މިއަދު ވަނީ ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އޭނާގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާގެ ޝަރީއަތުގެ އިބްތިދާއީ އަޑުއެހުމުގައި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ކުރެވިފައިވާ ކުށްތަކަށް ތައުބާވެފައިވާ ކަމަށާއި އަދި ރައްޔިތުންގެ ކިބައިން މައާފަށް އެދިފައެވެ.

މިކަމާ ގުޅިގެން ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަދީބަށް ކުރެވުނު ކުށަށް އިއުތިރާފުވެ، ތައުބާވުމަކީ ނިހާޔަތަށް އުފާކުރާ ކަމެއް ކަމަށާއި އެކަމަށް މަރުހަބާ ކިޔާ ކަމަށެވެ.

”ދައުލަތަށް ގެއްލިގެންދިޔަ ފައިސާތައް އަނބުރާ ދައުލަތަށް ދެއްވުން، ހޯދައިދެއްވުން އެއީ ދެން ރައްޔިތުންގެ އުންމީދާ ގުޅިފައިވާ އެންމެ ބޮޑު ކަމަކީ.“ ޒައިދު ވިދާޅުވިއެވެ.

ކޯޓުގައި މިއަދު ވާހަކަދައްކަވަމުން އަދީބު ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ކަންކަން ހިނގާފައިވާ ގޮތް ކިޔައިދިނުމަކީ ގައުމީ ވާޖިބެއްގެ ގޮތުގައި ދެކޭ ކަމަށާއި ދައުލަތަށް މިކަމުގައި އެއްބާރުލުން ދެމުން އަންނަނީ ވެސް އެ ސަބަބާއި ހުރެ ކަމަށެވެ.

އަދި މި މައްސަލައިގައި ޖަލުގައި ގިނަ ދުވަސްތަކެއް ހޭދަކުރަންޖެހި ސިއްހީ އެކި މައްސަލަތަކަކާއި ވެސް ކުރިމަތިލާން ޖެހިފައިވާ ކަމަށާއި ޖަލުގައި ހޭދަކުރެއްވި ދުވަސްތަކުގައި ކުރެވުނު ކުށްތަކާއި މެދު ހިތާމަކޮށް، ތައުބާ ވެފައިވާ ކަމަށްވެސް އަދީބު ވިދާޅުވިއެވެ. އަދި ދައުލަތާއި ރައްޔިތުންގެ ކިބައިން މިކަމުގައި މައާފަށް އެދޭ ކަމަށްވެސް އަދީބު ވިދާޅުވިއެވެ.

މިއީ އެމްއެމްޕީއާރްސީގެ މައްސަލައިގައި ރައްޔިތުންގެ ކިބައިން އަދީބު މައާފަށް އެދުނު ފުރަތަމަ ފަހަރެވެ.

ވަރަށް ގަދަ
80%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 20%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: