އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބައިވެރިވި މީހުންގެ ނަންތައް ކުރީގެ ނައިބް ރައީސް އަހުމަދު ހާމަކުރުމަކީ ގައުމީ މަސައްކަތެއް ކަމަށް ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ވިދާޅުވެއްޖެއެވެ.
މިދިޔަ ސަރުކާރުގެ އެންމެ މަތިން ފެށިގެން ދައުލަތުގެ ގިނަ މުއައްސަސާ ތަކެއްގެ އިސް ފަރާތްތަކެއް ވަނީ އެމްއެމްޕިއާރުސީގެ ވައްކަމުގައި ބައިވެރިވެ އަދި މަންފާ ވެސް ލިބިފައެވެ. ހާއްސަކޮށް ނާޖާއިޒް މަންފާ ލިބުނު ފަރާތްތަކުގެތެރޭގައި ކުރީގެ ރައީސުންނާއި ، މަޖްލިސް މެންބަރުންނާއި ، މިނިވަން މުއައްސަސާތަކުގެ ވެރިންނާ، ގާޒީންނާއި، ފަނޑިޔާރުންނާ، ފުލުހުންނާއި ސިފައިންނާއި އަދި ވިޔަފާރިވެރިން ހިމެނެއެވެ.
ބޭރުގައި ތިބި މީހުން އަތުގައި ހުރި ހެކިތަކާއި، އެމީހުންގެ ހެކިބަހާ އަދި އަދީބުގެ ފޯންތަކާ ހުރިހާ މެސެޖްތަކަކީ ކޯޓުގައި ބޭނުން ކުރެވޭނެ ހެކިތަކަކަށްވީ އަދީބު ދިން އެއްބާރުލުމުން ކަމަށް ގިނަ ބަޔަކު ބުނެއެވެ.
މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަމުން ހަލީމް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވީ ވައުދާ އެއްގޮތަށް އެމްއެމްޕީއާރުސީގެ މައްސަލަ މި ސަރުކާރުން އެބަ ބަލާ ކަމަށާއި އެކަމުގެ ހެއްކަކީ ރައީސް އަބްދުﷲ ޔާމީން އަށް ފަސް އަހަރު އަދި އަދީބަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވުން ކަމަށެވެ.
”މިއަދު ރައީސް ޔާމީން އޮންނެވީ ޖަލުގައި ވައްކަން ކޮށްގެން ހުކުމް ކޮށްފައި. ކޮބައިތޯ އޭރުގެ ނައިބް ރައީސް، މިއަދު އެ ހުންނެވީ20 އަހަރަށް ހުކުމް ކޮށްފައި. އެހެން ނަމަވެސް އެމަނިކުފާނު ހުންނެވީ ގޭގައި. މިއަދު އަހުމަދު އަދީބު އެ ކުރައްވާ ކަމަކީ ގައުމީ މަސައްކަތެއް. އިއްޒަތްތެރި ރައީސް މިއަދު އަދީބު ގޭގައި ބަހައްޓައިގެން ބޭސްކޮށްދީ ފުރާނަ ސަލާމަތްކޮށްދީގެން ނަމަވެސް އަދީބު ލައްވާ ހުރިހާ އެއްޗެއް އެބަ ނެރުވަން ޖެހޭ. އެމަނިކުފާނު ހުރީ ރާއްޖެއަށްޓަކައި ހުރިހާ ވާހަކައެއް ދައްކަން. އަދީބު އަމިއްލަކަށް ކުރެވުނު ކުށަށް މާފަށް އެދި އެދަނީ ހުރިހާ ވާހަކައެއް ކިޔައިދެމުން.“ ހަލީމް ވިދާޅުވިއެވެ.
ހަލީމް ވިދާޅުވީ ބޮޑެތި މައްސަލަތައް ބަލަން ވަގުތު ނަގާނެ ކަމަށާއި ރައީސް ޔާމީން އާއި އަދީބު ހިޔާނާތް ހިންގީ ވަރަށް އާދަޔާ ހިލާފު ގޮތަކަށް ކަމަށެވެ. އެ ދެ ބޭފުޅުން ބޭނުންވީ

