ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤައުމިއްޔަތަށް ކުރިމަތިވާ ގޮންޖެހުންތަކާއި ކުރިމަތިލުމަށް އާ ވިސްނުންތަކެއް ބޭނުންވޭ: ހޯމް މިނިސްޓަރު

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ: ފޮޓޯ ހޯމް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިންގެ ދީނަށާއި މިނިވަންކަމަށާއި ޤައުމިއްޔަތަށް ކުރިމަތިމިވާ ގޮންޖެހުންތަކާއި ނުރައްކާތައް ކުރިއާ އަޅާބަލާއިރު ވަރަށް ތަފާތުކަމަށާއި އާ ގޮންޖެހުންތަކާ ކުރިމަތިލުމަށް “އާ ޚިޔާލުތަކަކާއި، ވިސްނުންތަކެއް ނެރުން ލާޒިމު ވެއްޖެ” ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން އެހެން ވިދާޅުވީ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައްޔިތުންނާއި މުޚާތަބުކުރައްވާ ދެއްވި ޚިތާބުގައެވެ.

މިނިސްތަރުގެ ޚިތާބުގައި، މިއަދު ކޮންމެ ދިވެހި ފަރުދަކުވެސް ތަފާތު ވިސްނުންތަކާއި ޚިޔާލުތަކުގެ ތެރެއިން ދިވެހިންގެ ދީނާއި މިނިވަންކަމާއި ޤައުމިއްޔަތުގެ އެންމެހާ ބަހާތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ގޮވާލެއްވިއެވެ.

ދިވެހި ޤައުމިއްޔަތުގެ އަސާސްތައް ކަމުގައި އަބަދުވެސް ދިވެހިން ޤަބޫލުކުރަމުން އަންނަ މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި ބަހާއި ދިވެހި ސަޤާފަތާއި ދިވެހިންގެ ޒަމާންވީ ތަރިކައާއި ދިވެހި ޙަޟާރަތު ހިމާޔަތްކޮށް މިނިވަން މުސްތަޤިއްލު ބައެއްގެ ގޮތުގައި މި ރާއްޖެ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް މިނިސްޓަރު އިމްރާން އެދިވަޑައިގަތެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އަންނަން އޮތް ޖީލުތަކަށް އެކަން ފޯރުކޮށްދިނުމުގައި ވިސްނާލުން ކޮންމެހެން ލާޒިމު ބައެއް ކަންކަން އެބަހުއްޓެވެ.

އެގޮތުން ދުނިޔެ ބަވަނަވެ ލާމެހިފައިވާ މިންވަރާއި، ދުނިޔޭގެ ހާލަތު އަންދާޒާކުރެވޭ ވަރަށްވުރެ ބާރުމިނުގައި ބަދަލުވަމުން އަންނަ އައުމާއި އަދި ދުނިޔޭގެ ޤައުމެއްގެ ގޮތުން ދިވެހީން އެ ބަދަލުތަކާއި ލޮޅުންތަކަށް ހުށަހެޅިފައިވާ މިންވަރާ މެދު ވިސްނާލަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

“ދުނިޔޭގެ ޤައުމެއްގެ ގޮތުން އަޅުގަނޑުމެން ދިވެހީން މިދެންނެވި ބަދަލުތަކާއި ލޮޅުންތަކަށް ހުށަހެޅިފައިވާ މިންވަރާ މެދު ވިސްނާލުމުން ޔަގީންވާ ކަމަކީ މިދެންނެވި މިއަދު މިޒަމާނުގައި އަޅުގަނޑުމެންގެ ދީނަށާއި މިނިވަންކަމަށާއި ޤައުމިއްޔަތަށް ކުރިމަތިމިވާ ގޮންޖެހުންތަކާއި ނުރައްކާތައް އިހުނާ އަޅާބަލާއިރު ވަރަށް ތަފާތުކަން. އަދި އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭކަމަކީ މިދެންނެވި އާ ގޮންޖެހުންތަކާ ކުރިމަތިލުމަށް އާވިސްނުންތަކެއް އާ ޚިޔާލުތަކަކާއި އާ ވިސްނުންތަކެއް ނެރުން ލާޒިމު ވެއްޖެކަން” މިނިސްޓަރު

މީގެ އިތުރުން މިނިސްޓަރު އިމްރާން ވިދާޅުވީ ހަތްދިހަ ހަތްވަނަ ގައުމީ ދުވަސް ފާހަގަކުރަމުންދާއިރު، ޤައުމިއްޔަތަށް ދިމާވަމުން އަންނަ ބައެއް ގޮންޖެހުންތަކާމެދު ފުންކޮށް ވިސްނާ އީޖާދީ މޭރުމަކުން އެކަންކަން ހައްލުކުރަންޖެހޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ގިނަފަހަރަށް ސަމާލުކަން ދެވެނީ މާ ދުރުން އުފެދިގެންއަންނަ ނުވަތަ އުފެދިދާނެ ގޮންޖެހުމަކާ މެދުގައި ކަމަށާއި ވަރަށް ގިނަފަހަރަށް ދިވެހިންގެ ތެރޭގައި ފޮރުވިފައިވާ ދުޝްމަނުން ރާޑަރަށް ގެއްލިގެންދާ ކަމަށެވެ.

“ދިވެހި ޤައުމިއްޔަތަށް މިއަދު މިޒަމާނުގައި ދިމާވެފައިވާ ބޮޑެތި ބައެއް ގޮންޖެހުންތަކަކީ ދިވެހިންގެ މެދުގައި ވަކިން ޚާއްސަކޮށް ޒުވާނުންގެ މެދުގައި ފެތުރިފައިވާ މަސްތުވާތަކެތީގެ ވަބާ، އަޅުގަނޑުމެންގެ މައުސޫމް ކުޑަކުދިންނާއި އަންހެނުންނަށް ގޭތެރޭގެ ވެށިގައާއި މުޖުތަމައުގައި ދިމާވަމުން އަންނަ އަނިޔާއާއި ގޯނާ އާއި ފުރައްސާރަ، އިސްލާމްދީނަށް ތައުހީނުކުރުމުގެ މައްސަލަތައް އަޅުގަނޑުމެންގެ ތެރޭގައި އިތުރުވަމުން އަންނަ އައުން. އަދި އިސްލާމްދީނުގެ ސައްހަ އަޤީދާ ދޫކޮށް ހަރުކަށި އަނިޔާވެރި މަގަށް ލެނބޭ ޒުވާނުން އަޅުގަނޑުމެންގެ ތެރޭގައި އިތުރުވަމުން ދިއުން” މިނިސްޓަރު

މިނިސްޓަރު އިމްރާން ވިދާޅުވި ގޮތުގައި ބޭރުން ބަޔަކު އަރާގެން އައިސް ދިވެހިން އަޅުވެތިކޮށްފާނެ ކަމުގެ ބިރަށްވުރެ މިވަގުތު ދިވެހިން އަޅުވެތިވެފައިވަނީ އިޖުތިމާއީ އަޚުލާޤީ ވަބާ ތަކަށެވެ.

މި މައްސަލަތައް ޙައްލުކޮށް ދިވެހި ޤައުމިއްޔަތާއި މިނިވަންކަން ރައްކާތެރިކޮށް ދިވެހިން އެދޭ ދިވެހިންނަށް ޙައްޤުވާ ދިރިއުޅުން ކަށަވަރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ކުރައްވަމުންގެންދަވާ މަސައްކަތްޕުޅު މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފައެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ތަންފީޒު ކުރަމުންދާ ސިޔާސަތުތަކުގެ ތެރެއިން އދިވެހިންނަށް އުފާވެރިކަމާއި އުޖާލާ މުސްތަގުބަލެއް ހޯދޭނެ ކަމަށެވެ.

ވަކިން ޚާއްސަކޮށް ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލް ރައްކާތެރިކޮށް، އިޤްތިސާދު އާރާސްތުކޮށް، ފޭރާންހެޔޮ މުޖުތަމައެއް ބިނާކުރުމަށާއި، ބައިނަލްއަޤުވާމީ މައިދާނުގައި ޝަރަފާއި އިހުތިރާމް ލިބިގެންވާ މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: