ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެންޓިލޭޓަރުގެ މައްސަލައިގައި މިނިސްޓަރ އަމީންއާއި ހެލްތުގެ އިސްވެރިންގެ މައްޗަށް ދައުވާ ނުކުރަން ނިންމައިފި

- ކުރީގެ ހެލްތް މިނިސްޓަރު އަމީން އާއި އޭސީސީގެ ރައީސް ޝިއުނާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑު-19 އާއި ގުޅިގެން ވެންޓިލޭޓަރު ގަންނަން ހަވާލުކުރި މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރި ތަހުގީގު ނިންމުމަށްފަހު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ދައުވާ ކުރުމަށް ފޮނުވި މައްސަލައިގައި ހެލްތް މިނިސްޓްރީގެ އިސްވެރިންގެ މައްޗަށް ދައުވާ ނުކުރުމަށް ނިންމާފައިވާ ކަމަށް ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ބުނެފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރ އަހުމަދު ޝަފީއު ވިދާޅުވީ މިނިސްޓްރީ އޮފް ހެލްތަށް ބޭނުންވާ 75 ވެންޓިލޭޓަރ ސަޕްލައިކޮށްދިނުމަށް ދުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއާ ޙަވާލުކުރުމުގައި މާލިއްޔަތު ޤާނޫނާ ޚިލާފަށް ޢަމަލުކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ ދިރާސާކުރުމަށްފަހު، މައްސަލާގައި ދަޢުވާ ނުކުރުމަށް ނިންމައި، 19 އޮކްޓޫބަރު 2020 ދުވަހު މައްސަލަ  ޑިކްލައިންކޮށްފައިވާ ކަމަށެވެ.

ޝަފީއު ވިދާޅުވީ ޑުބާއީގެ ކުންފުންޏަކާއި ހަވާލުކޮށްގެން ވެންޓިލޭޓަރ ގެނައުމަށް ކުރި މަސައްކަތުގައި ދައުވާ ނުކުރުމަށް ޕީޖީ ނިންމި ސަބަބު ތަފްސީލާއިއެކު ފަހުން ހާމަ ކުރާނެ ކަމަށެވެ. އެގޮތުން މިއަދުގެ މެންދުރު 1:30 ގައި ޕީޖީ އޮފީހުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެކަން ޝަފީއު ވަނީ ހާމަ ކުރައްވާފައެވެ.

ވެންޓިލޭޓަރު މައްސަލާގައި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާ ކަމުގެ ތުހުމަތާ އެކު ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި ބިޑް ކޮމިޓީގެ މެމްބަރުން ހިމެނޭހެން 11 ބޭފުޅެއްގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވަނީމިމަހުގެ 14ވަނަދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 8%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: