ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުން އެދޭ ކަންކަން ނުވަންޏާ މަލީހު އިސްތިއުފާ ދެއްވާފައި ގެއަށްދޭ: ބޮންޑާ

މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ އެދޭ ކަންކަން ނުކޮށްދީ ވަޒީރުކަމުގައި ހުރުމުގެ ހައްޤެއް ނޯންނާނެ ކަމަށާއި ކޮމިއުނިކޭޝަން މިނިސްޓަރު މުޙައްމަދު މަލީހު ޖަމާލު އިސްތިއުފާ ދެއްވުމަށްފަހު ގެއަށް ވަޑައިގަތުމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްވަމުން ބޮންޑާ ވިދާޅުވީ އިންޓަނެޓާއި އެނޫންވެސް މުވާސަލާތީ ކަންކަމާއި ގުޅިގެން މަޖިލީހަށް ގަރާރެއް ހުށަހެޅި އެގަރާރު މަޖިލީހުގެ ތަޅުމުން ފާސްކުރުމުންވެސް މިނިސްޓަރު މަލީހު އޭގެން އެއްވެސް ކަމަކަށް އަމަލުކުރައްވާފައިނުވާ ކަމަށެވެ.

ބޮންޑާ ވިދާޅުވި ގޮތުގައި ވަކި ވަޒީރަކަށް ނުވަތަ ވަކި މިނިސްޓަރަކަށް އިނގިލި ދިއްކޮށް ކޮންމެ ދުވަހަކު ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވާކަށް ބޭނުމެއް ނުވެއެވެ. އެކަމަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބު ކުރަނީ ރައްޔިތުންގެ އަޑު އިއްވަން ކަމަށްވާތީ ރައްޔިތުންގެ ކަންބޮޑުތަކުގެ ވާހަކަ ދައްކަންޖެހޭ ކަމަށް ބޮންޑާ ވިދާޅުވިއެވެ.

ރާއްޖޭގެ އެތެރޭގެ ފައިބަރ އޮޕްޓިކް ކޭބަލް މިހާރު ލެވިފައިވާ ރަށަރަށުގެ މައުލޫމާތާއި އަދި އެ ޚިދުމަތް ޤާއިމްކޮށްފައި ނުވާ ރަށްރަށާއި އެކަންނުކުރެވިފައިވާ ސަބަބުތަކުގެ ތަފްސީލު ހިއްސާކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޤަރާރަކުން ކޮމިއުނިކޭޝަން މިނިސްޓްރީއަށް 10 ޖޫންގައި އަންގާފައިވާނެ ކަމަށް ބޮންޑެ ވިދާޅުވިއެވެ.

ބޮންޑެ ވިދާޅުވި ގޮތުގައި ޤަރާރުގައި ބުނެފައިވާ މުއްދަތް ފަހަނަ އަޅައި އިތުރަށް ދިޔައިރުވެސް މިނިސްޓަރު މަލީހު އެކަން ނުކުރެއްވުމަކީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކަށް އަރައިގަތުމެވެ.

“މި މަޖިލީހުގެ މެންބަރުން ފާސްކޮށްގެން ކޮމިއުނިކޭޝަން މިނިސްޓަރަށް މިވަނީ އަންގާފަ، ވަކި މައުލޫމާތު ތަކެއް ހިއްސާކުރަން، އެވަރުކަމެއްވެސް އެޔޮތީ ނުކޮށް، މިދައްކަނީ އިންޓަނެޓާއި އެނޫންވެސް މިކަމުގެ ވާހަކަ، ދެން ނުވަންޏާ އިސްތިއުފާ ދެއްވުންވެސް މާރަނގަޅު” ބޮންޑާ

ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ކޮމިއުނިކޭޝަން މިނިސްޓްރީއަށް ފޮނުވި ޤަރާރރުގައިވަނީ ރާއްޖޭގެ އެތެރޭގެ ފައިބަރ އޮޕްޓިކް ކޭބަލް މިހާރު ލެވިފައިވާ ރަށަރަށުގެ މައުލޫމާތާއި އަދި އެ ޚިދުމަތް ޤާއިމްކޮށްފައި ނުވާ ރަށްރަށާއި އެކަންނުކުރެވިފައިވާ ސަބަބުތަކުގެ ތަފްސީލު ބަޔާންކޮށްދޭން ޖެހޭނެ ކަމަށެވެ.

އޭގެ އިތުރުން ފައިބަރ ކަނެކްޝަން އެކި ރަށްރަށަށް ގުޅުމުގައި ބަލާ މިންގަނޑަކީ ކޮބާތޯއާ މިނިސްޓްރީން ކަނޑައަޅާފައިވާ ގައުމީ ފައިބަރ ވިއުގައެއްގެ ތަސައްވަރެއް ނޫނީ ރެގިއުލޭޓަރީ ގަވައިދެއްވާނަމަ އެމައުލޫމާތުވެސް ހިއްސާކޮށްދިނުމަށް މަޖިލީހުން ފާސްކުރި ޤަރާރުގައިވެއެވެ.

ޤަރާރުގައި ވާގޮތުން، ޚިދުމަތް ފޯރުކޮށްދޭ އެއްވެސް ފަރާތަކުން ރާއްޖޭގެ ހުރިހާ ރަށަކަށް ފައިބަރ ކަނެއްޝަން ދޭން އެއްވަސްވެފައިވާ ނަމަ އެ މުއްދަތުގެ ތަފްސީލުތަކާއި މަސައްކަތްކުރިއަށް ދާނެގޮތުގެ ތަފްސީލު ރިޕޯޓެއް އެ ޤަރާރު ފާސްކުރާތާ 60 ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނެ ކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: