ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލުތުފަރުގެ މަރުގެ މައްސަލަ: މައްސަލައިގެ އަޑުއެހުމެއް މާދަމާ!

ބިދޭސީންތަކެއް ބިދޭސީއެއް މަރާލުން، އަހަރުގެ ބޮޑު އެއް މަރު!
ޝެއާރކޮށްލާ ކަހަލަދޯ؟

ށ ޅައިމަގު، “ކުރިމަގު ބޯޓު” ގައި މަސައްކަތް ކުރަމުންދިޔަ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ލުތުފަރު މަރާލި މައްސަލާގެ ޝަރީއަތުގެ އަޑު އެހުމެއް މާދަމާއަށް ތާވަލްކޮށްފިއެވެ.

މިދިޔަ އަހަރުގެ އޭޕްރިލް މަސްތެރޭގައި ލުތުފަރު މަރާލާފައިވަނީ އޭނާ މަސައްކަތްކުރި ބޯޓުތެރޭގައެވެ. އަމައްސަލައިގައި ބަންގްލަދޭޝްގެ ތިން މީހެއްގެ މައްޗަށް ދައުވާ ކުރުމަށްވަނީ ފޮނުވާފައެވެ.

މާދަމާ ހެނދުނު 9:30 އަށް ތާވަލްކޮށްފައިވާ ލުތުފަރުގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވަނީ އަލަމިން އާއި ނޫރުލް އިސްލާމް އާއި އެމްޑީ އަހުތަރު ހުސައިންގެ މައްޗަށެވެ. ތިން މީހުންގެ މައްޗަށް ކުރަނީ އެނގި ހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

ލުތުފަރު ގެއްލިގެން އެންމެ ފުރަތަމަ ރިޕޯޓުކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 22 ވަނަ ދުވަހުއެވެ. އަދި “ކުރިމަގު 1” ބޯޓުގެ ކައްކާއެއްގެ ގޮތުގައި މަސައްކަތްކުރާ ލުތުފަރާ ގުޅޭގޮތުން ފުރަތަމަ ހުށަހެޅީ ވީނުވީއެއް ގެއްލުނު މައްސަލައެކެވެ.

ލުތުފަރު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދަނިކޮށް، އޭނާގެ ހަށިގަނޑުގެ ބައިތަކެއް ފެނިފައިވަނީ ކަނޑުގެ އަޑީންނެވެ. މިއީ 2019 ވަނަ އަހަރު، ރާއްޖޭގައި ހިނގައިދިޔަ އެންމެ އަނިޔާވެރި އެއް ގަތުލުއަށް ވެގެންދިޔައެވެ.

އެ ހާދިސާއާއި ގުޅޭގޮތުން ތަފާތު އެކި ވާހަކަތަކެއް ދެކެވިގެންދިޔައިރު، މައްސަލައިގައި ޝާމިލްވާކަމަށް ތުހުމަތު ކުރެވޭ ބިދޭސީން ވަނީ ލުތުފަރު މަރާލިކަމަށް އެއްބަސްވެ، ކްރައިމް ސީން ވެސް ކުޅެދީފައެވެ.

ލުތުފަރު މަރާލުމަށް ފަހު، އެކަންކުރި ތިން މީހުންވަނީ ޅައިމަގު ބަނދަރާ ދިމާ ބޭރު ކަނޑުއޮޅިއަށް އޭނާގެ ހަށިގަނޑު ފައްތާފައެވެ. އަދި ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގުގައި އެ ދިމާލުން ކަނޑަށް ފީނައި ލުތުފަރުގެ ހަށިގަނޑުގެ ކަށިކޮޅު ކަމަށް ބެލެވޭ ކަށިތަކެއް ވެސް ހޯދިއެވެ.

މީގެ ކުރިން އޮތް ޝަރީއަތުގެ އަޑުއެހުމެއްގައި ދައުލަތުން ބުނެފައިވަނީ ކަނޑު އޮޅިންފެނުނު އެ ކަށިތަކުން ލުތުފަރުގެ މަންމަ އާއި ދަރިންގެ ޑީއެންއޭ ނެގިފައިވާ ކަމަށެވެ.

ލުތުފަރުގެ މަރުގެ މައްސަލައިގައި ދައުވާ އުފުލު ތިން މީހުންވެސް ކުށަށް އިއުތިރާފްވެ ދައުލަތާއެކު ކުށުގެ އިއުތިރާފް އެއްބަސްވުމެއްގައި ސޮއިކުރި ނަމަވެސް ފުރަތަމަ ޝަރީއަތުގެ އަޑުއެހުމުގައި ވަނީ ކުށަށް އިންކާރުކޮށްފައެވެ. އެދުވަހު އެމީހުން ބުނީ ކުރިން އިއުތިރާފްވީ ފުލުހުން އަނިޔާކޮށް ބިރު ދެއްކުމުން ކަމަށެވެ.

ލުތުފަރު މަރާލީ، އޭނައާ އެކު އެއް ބޯޓުގައި މަސައްކަތްކުރި މީހުންނާ އެކު ގަދަކަމުން އެއް ޖިންސުން ގުޅުން ހިންގަން އުޅޭތީ އެކަމާ ހިތްހަމަނުޖެހިގެންނެވެ. ކައްކާއެއްގެ ގޮތުގައި މަސައްކަތްކުރާ ލުތުފަރުގެ މަރާ ގުޅިގެން، އެ ބޯޓުގައި މަސައްކަތްކުރާ ހަތަރު ބިދޭސީއަކު ހައްޔަރުކުރިއެވެ. އެކަމަކު ފަހުން އެކަކުވަނީ ދޫކޮށްލާފައެވެ.

މީިޑިއާތަކުގައި އެންމެ ފުރަތަމަ ފެތުރިގެން ދިޔައީ، ލުފްތަރު މަރާލުމަށްފަހު ކަނޑަށް އެއްލާލީ ކަމަށެވެ. އެހެން ނަމަވެސް، ފުލުހުންގެ ތަހުގީގާއި އެކު އެނިގެން ދިޔައީ އެއީ އެއަށްވުރެ މާ ރޭވުންތެރި ކަމާއި އެކު، ހިނގައިދިޔަ ބޮޑު އަނިޔާވެރި މަރެއް ކަމެވެ.

އެންމެ ފުރަތަމަވެސް ލުފްތަރުގެ ނޭވާ ހާސްކޮށްގެން އޭނާ މަރާލީއެވެ. ނަމަވެސް، ލުފްތަރު މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ކަނޑައަޅާލުމާއި ހަމައަށް ގިނަ ކަންތަކެއް ބިދޭސީން ހިންގާފައިވެއެވެ.

މައްސަލައިގައި ދައުވާ ކުރި ބިދޭސިން ކުށަށް އިއުތިރާފުވެ، ދައުލަތާއި އެކު ކުށުގެ އިއުތިރާފުގެ އެއްބަސްވުމެއްގައި ސޮއި ކުރި އެވެ. އެހެން ނަމަވެސް ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމުގައި ބިދޭސީން ބުނެފައި ވަނީ އެ ކުށަށް އިއުތިރާފުވީ ފުލުހުން އަނިޔާކޮށް ބިރުދެއްކުމުން ކަމަށެވެ.

ލުތުފަރު މަރާލި މައްސަލައިގެ ތަހުގީގުގައި ފުރިހަމަ ކުރަން ޖެހޭ ކަންތައްތަކެއް ހުރުމުން ތަހުގީގު ފުރިހަމަ ކުރަން އިތުރު މުއްދަތެއް ދިނުމަށް ދައުލަތުން އެދުމުންނާއި، ތަހުގީގު ފުރިހަމަ ނުވާތީ މައްސަލަ އަނބުރާ ފޮނުވާލީ މިދިޔަ އަހަރުގައެވެ. އޭރު އޮތް އަޑު އެހުމުގައި ފުލުހުންނާއި އަމާޒުވި އެންމެ ބޮޑު ސުވާލަކީ ކަނޑުގެ އަޑިން ފެނުނީ ލުތުފަރުކަން ޔަގީން ކުރިކަމާއި މެދު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: