ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ މަހު 46 މީހަކު ޖަލަށްލި، ގިނައީ ވައްކަމާއި ޑްރަގުގެ މައްސަލަތައް

ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ މަހު 46 މީހަކު ޖަލަށް ލާފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.

ކަރެކްޝަންސް އިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ޖަލަށްލި 46 މީހެއްގެ ތެރެއިން 33.3 ޕަސެންޓް މީހުން ޖަލަށް ގެންގޮސްފައިވަނީ ޑްރަގުގެ މައްސަލަތަކުގައެވެ. އަދި 33.3 އިންސައްތަ މީހުންނަށް ވަނީ ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ވެސް ޖަލަށް ގެންގޮސްފައެވެ.

ވަނުން މަނާ ތަންތަނަށް ވަތް(ޓްރެސްޕާސިން) މައްސަލަތަކުގައި 10.2 ޕަސެންޓު މީހުން ޖަލަށް ގެންގޮސްފައިވާއިރު، ކޮރަޕްޝަނުގެ މައްސަލަތަކުގައި 5.1 މީހުން ވަނީ ޖަލަށްލާފައެވެ. އަދި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި، ހިޔާނާތްތެރިވުމާއި އޮޅުވާލުމާއި، އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގައި ވެސް މިދިޔަ މަހު މީހުންތަކެއް ޖަލަށްލާފައިވެއެވެ.

މިދިޔަ މަހު ޖަލަށް ލުމަށް 39 މީހަކަށް ހުކުމް ކުރިއިރު ޝަރީއަތް ނިމެންދެން 7 މީހަކު ޖަލުތަކުގައި ބައިތިއްބަން ވަނީ ހުކުމްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: