އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ އިއުލާން ނުކުރަނީސް ރައީސް މުހައްމަދު ނަޝީދު، އެމެރިކާގެ ކެންޑިޑޭޓް ޖޯ ބައިޑަން އަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ ބައިޑަން އާއި އޭނާގެ ރަނިންމޭޓް ކަމިލާ ހެރިސް އާއި ދެބޭފުޅުން ހޯއްދެވި ތާރީޚީ ކާމިޔާބަށް މަރުޙަބާ ވިދާޅުވާ ކަމަށެވެ.
ޓްވީޓްގައި ނަޝީދު ބައިޑަން އާއި ކަމިލާއާ މުހާތަބު ކުރައްވާފައި ވަނީ ވެސް އިންތިޚާބީ ރައީސް އަދި އިންތިޚާބީ ނައިބު ރައީސް ކަމަށް ވިދާޅުވުމަށްފަހު އެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބު ބައިޑަން ކާމިޔާބު ކުރައްވާނެ ކަމަށް ލަފާކުރެވުނު ނަމަވެސް އަދި މިހާތަނަށް ބައިޑަން ކާމިޔާބު އިއުލާން ކުރައްވާފައެއް ނުވެއެވެ.

