ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑީއާރުޕީގެ ދަރަނީގެ މައްސަލައެއްގައި ރައީސް މައުމޫނު ކޯޓަށް ހާޒިރުކޮށް ދިނުމަށް އެދިއްޖެ!

ޖާބިރު އެދިވަޑައިގަތީ، ރައީސް މައުމޫން ކޯޓަށް ހާޒިރުކޮށްދިނުމަށް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ދަރަނީގެ މައްސަލައެއްގައި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ކޯޓަށް ހާޒިރުކޮށްދެއްވުމަށް އެޕާޓީގެ މިހާރުގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެދިވަޑައިގެންފިއެވެ.

ރައީސް މައުމޫން ކޯޓަށް ހާޒިރުކޮށްދިނުމަށް ޖާބިރު އެދިވަޑައިގެންފައިވަނީ ހަބް ކުންފުންޏަށް ހަތް ލައްކަ އަށް ވުރެ ގިނަ ރުފިޔާ ދައްކަން ޑީއާރުޕީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކުރި ހުކުމާއި ގުޅިގެން މިހާރު ސުޕްރީމް ކޯޓުގައި ހިނގަމުންދާ އިސްތިނާފުގެ ޝަރީއަތުގައެވެ. ދަށު ކޯޓުގެ އެހުކުމަށް ހައި ކޯޓުންވެސް ވަނީ ތާއީދުކޮށްފަ އެވެ.

އާދިއްތަ ދުވަހު އޮތް އިސްތިއުނާފުގެ އަޑު އެހުމުގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، ހަބް ކުންފުންޏަށް ފައިސާތަކެއް ދައްކަން އަންގާފައިވަނީ 2008 ގައި ހޯދި ކަމަށް ބުނާ ޚިދުމަތްތަކަކާ ގުޅިގެން ކަމަށެވެ.

ޖާބިރު ވިދާޅުވީ ހަބު ކުންފުނިން ފޮނުވާފައިވާ އިންވޮއިސްތަކުގައި 2008 ވަނަ އަހަރުވެސް އެޕާޓީން ހޯދާފައިނުވާ ޚިދުމަތްތަކެއް ހިމެނޭ ކަމަށެވެ. އެހެންވެ އެކަންކަން ސާފު ކުރެއްވުމަށް އޭރު ޑީއާރުޕީގެ ލީޑަރުގެ ގޮތުގައި ހުންނެވި ރައީސް މައުމުން ކޯޓަށް ހާޒިރުކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވި ގޮތުގައި އެޕާޓީގެ ލީޑަރޝިޕް ބަދަލުވުމުން، ވާރޭ ވެހޭ އުސޫލުން އެކި ފަރާތްތަކުން އެޕާޓީއާ ދެކޮށް ދައުވާ އުފުލަމުންދިޔަސް ޑީއާރުޕީގެ މިހާރުގެ ލީޑާޝިޕަށް އެ މައުލޫމާތުތައް ރަނގަޅަށް ސާފެއް ނުވެއެވެ.

ހަބު ކުންފުންޏަށް ފައިސާ ދޭން ޑީއާރުޕީން ދެކޮޅު ނަހަދާ ކަމަށާއި އެކަމަކު ފޮނުވާފައިވާ އިންވޮއިސްތަކުގައި ސުވާލު އުފެދޭ ކަންކަން އެބަހުރި ކަމަށް ޖާބިރު ވިދާޅުވިއެވެ. އަދި ޕާޓީތަކުގެ ދަރަންޏަށް ހަރުދަނާ އުސޫލަކުން ޒިންމާ ކުރުވަންޖެހޭ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ސައްހަ ނޫން އިންވޮއިސްތަކެއް ހަބު ކުންފުނިން ފޮނުވާފައިވާ ކަމަށް ޖާބިރު ވިދާޅުވިނަމަވެސް އެކުންފުނީގެ ވަކީލު ވަނީ އެވާހަކަތަކަށް އިންކާރު ކުރައްވާފައެވެ. ހަބް ކުންފުނީގެ ވަކީލު އަބްދުﷲ ނަސީރު ވިދާޅުވިގޮތުގައި އެފަދަ އެއްވެސް ވާހަކަ މީގެ ކުރިން ޑީއާރުޕީން ފާހަގަކޮށްފައެއްނުވެއެވެ.

ނަސީރު ވިދާޅުވީ އިންވޮއިސްތައް ސައްހަ ކަމަށް ޑީއާރުޕީގެ އިސްވެރިން ދަށު ކޯޓުގައި ކުރިން އެއްބަސްވެފައިވާ ކަމަށެވެ. އަދި މައްސަލަ އުފެދިފައިވަނީ ޚިދުމަތުގެ އަގާ ގުޅިގެން ކަމަށް ވިޔަސް، ސައްޙަ އަދި ރަނގަޅު އަގު ބުނެދީފައި ނުވާ ކަމަށް ނަސީރު ވިދާޅުވި އެވެ.

އެ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ވަނީ ނިންމާލައިފަ އެވެ. އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވި އެވެ.

އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު އަޒްމިރަލްދާ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: