ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންމެ ފަހުން އެއްކަލަ ފިޓްފާޒިލް މި ފެނުނީ ވަގެއް ގެ ގޮތުގައި

ޝެއާރކޮށްލާ ކަހަލަދޯ؟

މީގެ ދުވަސްކޮޅެއްކުރިން އެންމެ ގަދަޔަށް މީސްމީޑިއާގައި ދެކެވެމުންދާ އެއް ވާހަކައަކީ، ފިޓްނަސް އިންސްޓްރަކްޓަރު ނުވަތަ މީސްމީޑިއާ ސެލެބްރިޓީ ފާޒިލް އިސްމާއިލް (ފިޓް ފާޒިލް) އޭނާގެ އިންސްޓްގްރާމް ފޭނުންނަށް ދޭން ހުޅުވާލި އަގުބޮޑެތި ހަދިޔާތަކަށް ހޮވުނު ނަސީބުވެރިޔާގެ ވާހަކަތަކެވެ.

އެ“ގިވް އަވޭ“ގެ ނަސީބުވެރިއަކަށް އައިޝަތު ޝަރުމީލާ ހޮވާފައިވާއިރު އެނަތީޖާއާއި ދޭތެރޭ ބައެއް މީހުން އަންނަނީ ސުވާލު އުފައްދަމުންނެވެ.

މީސްމީޑިއާގައި މި ”ގިވް އަވޭ“ ހޯދުމަށް މަސައްކަތްކުރި ފަރާތްތަކުން ބުނަމުންދަނީ ފާޒިލްގެ މި ”ގިވް އަވޭ“ގެ ނަސީބުވެރިފަރާތަކީ ފޭކެއް ކަމަށާއި، މިއީ އޮޅުވާލުމެއް ކަމަށެވެ. މިކަމާ ގިނަ ބަޔަކު ނުރުހުން ފާޅުކުރާއިރު، އިންސްޓްގްރާމް އިން ފާޒިލް އަންފޮލޯ ކުރާމީހުންވެސް މަދެއްނޫނެވެ. އަދި ގިނަބަޔަކުދިޔައީ ފިޓްފާޒިލް އަންފޮލޯ ކުރުމަށް މީސްމީޑިއާގައި ކެންޕެއިންވެސް ކުރަމުންނެވެ.

މީހަކު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ފާޒިލްގެ ”ގިވް އަވޭ“ގެ ނަސީބުވެރިޔާ ޝަރުމީލާގެ އެކައުންޓަކީ ފޭކް އަދި ފާޒިލް އަމިއްލައަކަށް އުފައްދައިގެން އުޅޭ އެކައުންޓެއް ކަމަށެވެ.

މީގެ އިތުރުންވެސް ސަރުމީލާއަކީ ހަގީގަތެއް ނޫންކަމަށް ސައްކެއްނެތި ޔަގީންވާވަރަށް މީސްމީޑިއާގައި އާންމުންދިޔައީ ހެކި ދައްކަމުންނެވެ.

މިއާއެކު ފާޒިލް ވަނީ ފޭސްބުކުން ގެއްލިފައެވެ. އަދި ފާޒިލްގެ އަޑު މުޅިންހެން މީސްމީޑިއާއިން ކެޑި ފާޒިލް މުޅިންގެއްލުނީއެވެ.

އޭގެ ދުވަސްކޮޅެއް ފަހުން ދާދި އިހަކައް ދުވަހު  ޖެލީގެ ޕިއްޒާ އިސްތިހާރަކުން ފާޒިލް މިވަނީ ފެނިފައެވެ.

މަނީ ހެއިސްޓު އަސްލަކަށް ބަލައިގެން ކުޅެފައިވާ މި އިސްތިހާރުގައި, ޖެލީ އިން ވައްކަން ކުރަން އެތަނަށް ބަޔަކު ވަންނަ ތަން ދައްކުވާދެއެވެ. އަދި އެތަނުގައި ތިބި މީހުންގެ ގަޔައް ބަޑި ދިއްކުރުމަށްފަހި ދަބަހެއް ހަވާލުކޮށް އެޔައް ހުރިހާ ފައިސާ ތަކެއް އެޅުމަށް އަންގައެވެ. އެއާއެކު އެތަނުގައި ފައިސާ ނެތްކަމަށާއި އެތަނުގައި ހުރީ ޕިއްޒާ ކަމަށް އެތަނުގެ ކޭސިއަރު ބުނުމުން ދަބަސްތަށް ފުރާ ޕިއްޒާ އަޅައިގެން އެމީހުން ނިކުމެއެެވެ.

ނިކުތުމަށް ފަހު އެމީހުން އެތަނަށް އައި ވެހިކަލް އަށް އަރުމަށްފހު މޫނު ނިވާކޮށްގެން ތިބި އެމީހުންގެވެރިޔާ ކަމަށް ބެލެވޭ މީހާ, މޫނުގައި އަޅާފައިވާ މާސްކު ނަގައެެވެ. އެއާއެކު އެމީހާއަކީ ފިޓް ފާޒިލްކަން އެނގިގެންދެެއެވެ.

މި އިސްތިހާރާއެކު އަނެއްކާވެސް އާންމުންދަނީ ފާޒިލް އަށް ފާޑުކިޔަމުންނެވެ. ގިވްއަވޭ އިން މަކަރު ހެދި ފިޓްފާޒިލް އެންމެ ފަހުން މިފެނުނީ ވަގެއްގ ގޮތުގައި ކަމުގައި ބުނަމުންނެވެ.

 

 

 

ވަރަށް ގަދަ
3%ވަރަށް ގަދަ 4%ވަރަށް ގަޔާވޭ 79%ބޮޑު ޖޯކެއް 3%ހައިރާންވެއްޖެ 4%ވަރަށް ދެރަ 8%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ވަގުން ގޮވާގެން ެެުެެެެުެެެުެެެެުެެުެެެެުެެެުެެެެެެުެެެެުެެެުެެެެުެެުެެެެުެެެުެެެ ގެން އުޅޭނީ ވަގުން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: