ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަލްފް ކްރާފްޓުން ރާއްޖޭގައި ރިސޯޓުތަކާއި މެރިޓައިމް ސްކޫލެއް ހިމެނޭ ބޮޑު އިންވެސްޓްމަންޓެއް!

ގަލްފް ކްރާފްޓުން ރާއްޖޭގައި ރިސޯޓުތަކާއި މެރިޓައިމް ސްކޫލެއް ހިމެނޭ ބޮޑު އިންވެސްޓްމަންޓެއް ކުރަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫއޭއީގެ ގަލްފް ކްރާފްޓް ކުންފުނިން މާލެ ސަރަހައްދުގެ ފަޅެއް ހިއްކައިގެން ރާއްޖޭގައި ބޮޑު އިންވެސްޓްމަންޓެއް ކުރަން ނިންމައިފި އެވެ.

ރާއްޖޭގައި މިހާރު ވެސް ކަނޑު އުޅަނދު ފަހަރު ބަނުމުގެ މަސައްކަތް ފުޅާ ދާއިރާއެއް ކުރާ ގަލްފް ކްރާފްޓު ކުންފުނިން ރާއްޖޭގައި ބޮޑު އިންވެސްޓްމަންޓެއް ކުރުމުގެ ގޮތުން ވަނީ މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން އެއް ގައި ސޮއިކޮށްފަ އެވެ. ޔޫއޭއީގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ގަލްފް ކްރާފްޓް ކުންފުނީގެ ވިޔަފާރި ރާއްޖޭގައި ފުޅާ ކުރުމުގެ ގޮތުން ގަލްފް ލެގޫންގެ ނަމުގައި ރާއްޖޭގައި ފަޅެއް ތަރައްގީ ކުރަން ހަވާލުކޮށްފައިވަނީ ދިވެހި ކުންފުންޏެއް ކަމަށްވާ އެސްއޭއެސްއީ ކޮންޓްރަކްޝަން އާއި އެވެ.

މި އެއްބަސްވުމުގައި އެސްއޭއެސްއީ ކޮންޓްރަކްޝަން ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސައުދުއްﷲ އަހުމަދު އެވެ. އަދި ގަލްފް ކްރާފްޓް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޗެއާމަން މުހައްމަދު ހުސެއިން އަލްޝާލީ އެވެ.

މަޝްރޫއުގެ ދަށުން ގަލްފް ކްރާފްޓުން ބޯޓު ބަންނަ ހާއްސަ ފެކްޓްރީއެއް އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީ ކުރާނެ އެވެ. އަދި ސަފާރީތަކާއި ޔޮޓު ތަކަށް ހާއްސަ ބަނދަރެއް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މަޝްރޫއުގެ ދަށުން ޒުވާނުންނަށް ދާއިރާއިން ތަމްރީނުތައް ފޯރުކޮށްދިނުމަށް މެރިޓައިމް ސްކޫލެއް ގާއިމް ކުރާނެއެވެ.

ޝްރޫއުގެ ފަށަން ބިން ހިއްކުމާއި ތޮށިލުމުގެ މަސައްކަތްކުރަން ހަވާލުކޮށްފައިވަނީ އެނބޫދޫ ފަޅުގައި މިހާރު ހަދާފައިވާ ރިސޯޓުތައް ހިއްކުމުގެ މަސައްކަތްވެސް ކުރި އެސްއޭއެސްއީ ކޮންޓްރަކްޝަން ކުންފުންޏާއެވެ. އަދި އެ ކުންފުންޏާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ ތިން އަހަރުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: