ދައުލަތުގެ ބަޖެޓަކީ ކެމްޕެއިން ބަޖެޓަކަށް ވެގެން ނުވާނެ ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ދައުލަތުން ހުށަހެޅި ބަޖެޓަށް ބަހުސް ކުރައްވަމުން ވައްޑެ ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ދައުލަތުން ހުށަހެޅި ބަޖެޓަކީ ހިޔާލީ ފޮލައެއް ކަމަށެވެ.
އިތުރަށް ވައްޑެ ވިދާޅުވީ ނުފޯރާފޮތިން ފޫގަޅަން އުޅުމުގެ ބަދަލުގައި ކަން އޮތް ގޮތަށް ހަގީގަތަށް ވާހަކަ ދެއްކުން މާ މުހިއްމު ކަމަށެވެ. އެގޮތުން ގައުމު މިއަދު އޮތް ހާލަތު ރައްޔިތުންނަށް ކިޔައިދިނުމަކީ މަޖިލީހުގެ މެމްބަރުންގެ ޒިންމާއެއް ކަމަށްވެސް ވައްޑެ ވިދާޅުވިއެވެ.
އަދި އަންނަ އަހަރު ދައުލަތަށް ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 17.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވާއިރު ވައްޑެ ވަނީ އެއީ ނުވާނެ ކަމެއްކަަމައްއ ވިދާޅުވެފައެވެ.
މީގެއިތުރުން ވައްޑެ ވަނީ ރައްޔިތުން ދަތި ހާލެއްގައި ތިއްބައި އަނެއްކާވެސް ފާޑުފާޑުގެ ޓެކްސްތައް ނަގައި އެމީހުންގެ އާމްދަނީން ސަކާ ކުރަން އުޅޭ އުޅުމަށް ވެސް ފާޑު ވިދާޅުވެފައެވެ.

