ރާއްޖޭގެ އަސްލު ވެރިމީހާ ހުންނެވީ މަޖިލީހުގައި ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަމައެކަނި ވަގުތު ގުނަނީ ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.
ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުއާއެކު މިހާރުވެސް އަޑިނޭނގޭ އެއްބަސްވުން އެކުލަވާލަނީ ކޮމްޕްރޮމައިޒްވެފައި ހުންނެވުމުން ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.
އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިނގިލި ދިއްކުރައްވަނީ އަމިއްލަފުޅަށް ފެއިލްވެފައިވާކަން ފޮރުވަން ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.
އަދި މީގެ އިތުރުން ޖަމީލްލ ވިދާޅުވީ މި ސަރުކާރުގެ ނާގާބިލްކަން ކޮންމެ ދިމާލަކުން ވެސް ފެންނަމުންދާ ކަމަށާއި ގައުމު ފަގީރުވެއްޖެ ކަމަށެވެ.
“ އަމިއްލަ ޕާޓީތެރޭގަވެސް ހުޅުރޯވެފަ. އަސްލުވެރިމީހާ ހުންނެވީ މަޖިލީހުގައި، މަނިކުފާނު ހަމައެކަނި ވަގުތު ގުނަނީ“ ޖަމީލު ވިދާޅުވިއެވެ.
ޖަމީލް މިފަދައިން ވިދާޅުވެފައި ވާއިރު ހޯރަފުށި އެއާޕޯޓު ހުޅުވުމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ކުރީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

