ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިފަހުން މައުމޫން ދިން އެންމެ ބޮޑު އަނިޔާއަކީ ޒަހާއަށް ފިޝަރީޒް ސްލޮޓް ދިނުން: ޖާބިރު

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު
ޝެއާރކޮށްލާ ކަހަލަދޯ؟

މިފަހުން ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ދިވެހިރައްޔިތުންނަށްދިން އެންމެ ބޮޑު އަނިޔާއަކީ ފިޝަރީޒް މިނިސްޓްރީގެ ސްލޮޓް ޒަހާ ވަހީދަށް ދިނުން ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދަކީ އެމަގާމަށް ގާބިލް ބޭފުޅެއް ނޫން ކަމަށެވެ. އަދި ލިބިފައިނުވެސް ނެތް ސްލޮޓަކަށް ޒަހާ ފިޝަރީޒް މިނިސްޓްރީއަށް ލުމަކީ ރައީސް މައުމޫން މިފަހުން ދިވެހިންނަށް ދިން އެންމެ ބޮޑު އަނިޔާ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ދިވެހިރާއްޖޭގެ މަސްވެރިން މިއަދު ތިބީ ވަރަށް ހާލުގައި ކަމަށެވެ. އެހެންވެ މަސްވެރިންގެ ހައްގުތައް ދޭން ގޮވާލައި ގަރާރެއް ހުށަހެޅުއްވި މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެންބަރު އާދަމް ޝަރީފަށް ސެލިއުޓް ކުރައްވާ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި މަސްވެރިކަމުގެ ސިނާއަތު ކުރިއަރުވަން ބޭނުންފުޅުނުވީ ރައްޔިތުންގެ އަތްމަތި ތަނަވަސް މުލިއާގަށް ސަލާންޖަހަން ދިޔުން ނިމުމަކަށް އަތުވެދާނެތީ ކަމަށް ޖާބިރު ވިދާޅުވިއެވެ. އަދި ރައީސް ނަޝީދުގެ ސަރުކާރުގައި އެކަން ނުކުރެއްވީ ތިމާވެށީގެ މެޑަލް ޖެހުމަށް މަސްތައް ހިމާޔަތް ކުރެއްވުމަށް ކަމަށް ޖާބިރު ވިދާޅުވިއެވެ.

“އަޅުގަނޑަށް ޔަގީން ރައީސް މައުމޫން މަސްވެރިކަން ނުހުޅުއްވީ ދިވެހިރައްޔިތުން ތަނަވެސް ވެދާނެތީ، ތަނަވަސް ވެއްޖެއްޔާ އާދަމް ނައީމް ކައިރިއަށް ސަލާމް ޖަހަން މުލީއާގެ އާއި ތީމުގެއަށް ދާކަށް ނުޖެހޭނެ ނޫންތޯ، ދެން އައީ މަނިކުފާނު (ރައީސް ނަޝީދު) ގެ ސަރުކާރު، އެހިސާބުން މަނިކުފާނުވީ ތިމާވެށީގެ މެޑަލް ޖަހަން، ހިމާޔަތް ކުރީ މަސްތައް” ޖާބިރު

މީގެ އިތުރުން ޖާބިރު ވިދާޅުވީ ލޭނު އަޅައިގެން މަސް ބޭނުމުގެ ހުއްދަ ޒަހާ ނުދެއްވާތީ މަސްވެރިންނަށް ލިބެން އޮތް އާމްދަނީއެއް ނުލިބި ވަރަށް ހާލުގައި ދިރިއުޅެމުންދާ ކަމަށެވެ. އަދި ޖަޕާނާއި އީޔޫއާއި ތައިލަންޑް ފަދަ ގައުމުތަކުގައި ވެސް އެ ގޮތަށް މަސްވެރިކަން ކުރެވޭ ކަމަށާއި ރާއްޖޭގައި ވެސް ކުރެވެން ޖެހޭ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ އިންތިހާބުތަކާ ދިމާކޮށް މަސްވެރިންނަށް ބޮޑެތި ވައުދުތައް ވެފައިވާ ކަމަށާއި އެކަމަކު ކޮންމެ ސަރުކާރަކުން ވެސް އެންމެ އިހުމާލުވަނީ މަސްވެރިކަމުގެ ސިނާއަތަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: