ބ. ދަރަވަންދޫގެ ގެސްޓް ހައުސްތަކަށް ފަތުރުވެރިން ގެނައުން ކައުންސިލުން ހުއްޓާލައިފިއެވެ.
ދަރަވަންދޫއަށް ގެސްޓުން ގެނައުން ހުއްޓާލާފައިމިވަނީ ގެސްޓުން ގެނައުމާއި ދެކޮޅަށް އެރަށުގެ ރައްޔިތުން މުޒާހަރާ ކޮށްފައިވަނިކޮށެވެ.
ފަތުރުވެރިން ގެނައުމުން ރައްޔިތުންގެ ހިތް ހަމަ ނުޖެހުމަކަށް ވެފައިވަނީ ގެސްޓު ހައުސްތައް ހުޅުވުމުގެ ސަބަބުން ރައްޔިތުންނަށް އެހެން ރަށްރަށަށް ދިއުމާއި، އެހެން ރަށްރަށު މީހުންނަށް ދަރަވަންދުއަށް އެރެން ނެތުން ކަމަށެވެ.
މިކަމާއި ގުޅިގެން އެރަށު ކައުންސިލުން ބުނީ، ގެސްޓްހައުސްތައް ހުޅުވުމަށް ދެވިފައިވާ ހުއްދައިގެ ދަށުން ފަތުރުވެރިން ދަރަވަންދޫ އަށް ގެނައުން، އެ ކައުންސިލުން ވަކި ގޮތެއް އަންގަންދެން ހުއްޓާލުމަށް ގެސްޓްހައުސްތައް ހިންގާ ފަރާތްތަކަށް ދަންނަވާ ކަމަށެވެ.
މިކަންކަމުގެ ހައްލު ހޯދުމަށް ކައުންސިލުން އަންނަނީ ކަމާއި ގުޅުންހުރި އިދާރާ ތަކާއި އެކު މަޝްވަރާ ކުރަމުން ކަމަށްވެސް ދަރަވަންދޫ ކައުންސިލުން ވިދާޅުވިއެވެ.

