ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްރެއިޓް ފޯވަރޑިންގގެ ވިޔަފާރި ހަރަކާތްތައް ރަޖިސްޓްރީ ކުރުމުގެ ގަވާއިދު އާންމުކޮށްފި

ރެޖިސްޓްރާ އޮފް ކޮމްޕެނީޒް މަރިޔަމް ވިސާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ސަރަހައްދުގައި، ވިޔަފާރި އުސޫލުން ހިންގާ ފްރެއިޓް ފޯވަރޑިންގގެ ވިޔަފާރި ހަރަކާތްތައް ރަޖިސްޓްރީ ކުރުމުގެ އުސޫލެއް އިކޮނަމިކް މިނިސްޓްރީން އެކުލަވާލައި އާންމުކޮށްފިއެވެ.

އިކޮނަމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި އުސޫލަކީ ދިވެހިރާއްޖޭގެ ސަރަހައްދުގައި، ވިޔަފާރި އުސޫލުން ހިންގާ ފްރެއިޓް ފޯވަރޑިންގގެ ވިޔަފާރި ހަރަކާތްތައް ހިންގުމާގުޅޭ އުސޫލުތަކާއި، ވިޔަފާރި ހަރަކާތް ރަޖިސްޓަރީކުރުމާއި، ވިޔަފާރި ހަރަކާތް ހިންގުމުގައި އަމަލުކުރަންޖެހޭ މިންގަނޑުތަކާއި އުސޫލުތައް ބަޔާންކުރާ ގަވާއިދެވެ.

މި ގަވާއިދަކީ، މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނަށް ރިޢާޔަތްކުރުމާއެކު، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ނ) ގައި، ވަކި ބާވަތްތަކުގެ ވިޔަފާރި ހަރަކާތްތައް ހިންގުމާގުޅޭ އުސޫލުތަކާއި، ވަކި ބާވަތެއްގެ ވިޔަފާރި ހިންގުމުގައި ހޯދަންޖެހޭ ހުއްދަތަކާގުޅޭ އުސޫލުތައް ބަޔާންކުރާ ގަވާއިދު ހެދުމުގެ އިޚްތިޔާރުގެ ދަށުން، ހަދާފައިވާ ގަވާއިދެކެވެ.

ގަވާއިދުގެ މަޤުޞަދަކީ، ދިވެހިރާއްޖެއަށް މުދާ އެތެރެކުރާ ފަރާތްތަކުން ހިންގާ ވިޔަފާރި ފަހިކޮށްދިނުމުގެ ގޮތުން، މުދާ އެތެރެކުރުމުގެ ތެރޭގައި ގުޅުންހުރި ޚިދުމަތްތައް ހޯދާ އެކިއެކި ފަރާތްތަކުން ދޭ ޚިދުމަތްތަކުގެ ތެރެއިން ފްރެއިޓް ފޯވަރޑިންގގެ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، އެއް މިންގަނޑަކަށް ފައްތައި، އެފަދަ ޚިދުމަތްތަކަކީ ޕްރޮފެޝަނަލް ފެންވަރެއްގައި ޒިންމާދާރުކަމާއެކު ހިންގާ ހަރަކާތެއްގެ ގޮތުގައި ދެމެހެއްޓުމެވެ.

އިކޮނަމިކް މިނިސްޓްރީން އެކުލަވާލި މި ގަވާއިދުގައި ބުނެފައިވާ ގޮތުގައި މި ގަވާއިދު ހިނގާނީ ، ވިޔަފާރި އުސޫލުން ހިންގާ ކަމެއްގެ ގޮތުގައި ހިންގާ، ޝިޕިންގ އޭޖެންޓެއްގެ ގޮތުގައި ރަޖިސްޓަރީ ނުވެ، އިމްޕޯޓްކުރާ މުދަލުގެ ބީ.އެލް. ދޫކުރުމާއި ޑެލިވަރީ އޯޑަރ ދޫކުރުމުގެ ޚިދުމަތް ހިމެނޭގޮތުން، ފްރެއިޓް ފޯވަރޑިންގގެ ޚިދުމަތް ދިނުމަށެވެ. މި ގަވާއިދުގައި ބަޔާންކުރާ އެންމެހައި ކަންކަން ހިންގައި ތަންފީޒުކުރާނީ ރެޖިސްޓްރާރ އޮފް ބިޒްނަސަސްއެވެ.

ގަވާއިދަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން، ދިވެހިރާއްޖޭގެ ސަރަހައްދުގައި، މި ގަވާއިދުގައި ބަޔާންކުރާ އެއްވެސް ވިޔަފާރި ހަރަކާތެއް އެއްވެސް ފަރާތަކުން ހިންގަންވާނީ، ގަވާއިދުގައި ބަޔާންކުރާ ގޮތުގެ މަތިން އެ ވިޔަފާރި ހަރަކާތެއް މިނިސްޓްރީގައި ރަޖިސްޓަރީ ކުރުމަށްފަހުއެވެ.

މީގެއިތުރުން ގަވާއިދުގައި ބަޔާންކުރާ ވިޔަފާރި ހަރަކާތް ހިންގާ ފަރާތްތަކުން، އެ ވިޔަފާރި ހަރަކާތް ހިންގުމުގެ އެއްވެސް ކަމެއް ކުރަންވާނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތްތަކުން ކުރެ ގޮތަކަށް ވިޔަފާރި ކުރާ ތަނެއްގެ ގޮތުގައި، އެ ފަރާތެއް ރަޖިސްޓަރީކުރުމަށްފަހުގައެވެ.

ހަމައެހެންމެ ގަވާއިދުގައި ބަޔާންކުރާ ވިޔަފާރި ތަންތަނުގެ ތެރެއިން، ގަވާއިދުގެ ދަށުން ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރަން ހުށަހަޅަނީ ބިދޭސީ ފަރާތެއްނަމަ، ނުވަތަ ފޮރިން އިންވެސްޓްމަންޓް ކުންފުންޏެއް ނުވަތަ ޕާޓްނަރޝިޕެއްނަމަ، އެފަރާތަކުން، ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާބެހޭ ޤާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން، ފޮރިން އިންވެސްޓްމަންޓް ހުއްދަ ހޯދަންވާނެ ކަމަށް ގަވާއިދުގައި ވަނީ ކަނޑައަޅާފައެވެ. ނަމަވެސް، މި ގަވާއިދަށް އަމަލުކުރަން ފަށާއިރު، ގަވާއިދުގައި ބަޔާންކުރާ ވިޔަފާރި ހަރަކާތްތައް ހިންގާ ފަރާތްތަކުން، މި ގަވާއިދަށް އަމަލުކުރަން ފަށާތާ ތިރީސް ދުވަހުގެ ތެރޭގައި، ގަވާއިދުގައި ބަޔާންކުރާ ގޮތުގެ މަތިން ރަޖިސްޓަރީ ކުރުމަށް ހުށަހަޅަންވާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

ފްރެއިޓްފޯވަރޑިންގެ ވިޔަފާރި ހަރަކާތްތައް ރަޖިސްޓްރީ ކުރުމުގެ ގަވާއިދުގައި ބުނެފައިވާ ގޮތުގައި ގަވާއިދުގައި ބަޔާންކުރާ ވިޔަފާރި ޙަރަކާތެއް، އެއްވެސް ފަރާތަކުން، ގަވާއިދުގެ ދަށުން ރަޖިސްޓަރީކުރުމަކާ ނުލައި ހިންގައިފިނަމަ، ޤާނޫނުގެ 24 ވަނަ މާއްދާގެ ދަށުން، އެ ފަރާތެއް 1000ރ (އެއްހާސް) ރުފިޔާއާއި 10،000ރ (ދިހަހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: