ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުއްޖަކު ކުރާ ކުށަކަށް 18 އަހަރުވުމަށް ފަހު ވެސް މަރުގެ އަދަބު ދިނުން މަނާކުރަން ޖީހާންގެ އިސްލާހެއް!

ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު، އަދި ހިއުމަން ރައިޓްސް އެންޑް ގެންޑާރ ކޮމިޓީގެ ޗެއާ ޖީހާން މަހުމޫދު/ ފޮޓޯ: ދަ ޕްރެސް
ޝެއާރކޮށްލާ ކަހަލަދޯ؟

އުމުރުން 18 އަހަރު ނުވަނީސް ކުރާ އެއްވެސް ކުށަކަށް މަރުގެ އަދަބު ދިނުން ރާއްޖޭގައި މަނާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަޙްމޫދު ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

މި އިސްލާހާއި އެކު ޖީހާން ވަނީ ކުޑަކުދިންގެ އަދުލުގެ ގާނޫނަށް ގިނަ އިސްލާހުތަކެއް ހުށަހަޅުއްވާފައެވެ. މި އިސްލާހުގެ ފުރަތަމަ ކިއުން މަޖިލީހުގައި ވަނީ އިއްވާފައެވެ. އެއީ އެ މާއްދާގެ (01) ވަނަ ނަމްބަރުގެ ދަށަށް ތިން އަކުރެއް އިތުރު ކުރަންށެވެ. އޭގެއިން ކޮންމެ އަކުރެއްގައި ވެސް ކުޑަކުދިންގެ މައްޗަށް ހިންގާ ޝަރީއަތްތަކުގައި ކުށް ސާބިތުވާ ހާލަތުގައި އަދަބު ކަނޑައަޅާނެ ގޮތް، ގާނޫނުގެ ދަށުން ހަދާ ގަވައިދުގައި ބަޔާން ކުރަންވާނެ ކަމަށް ވަނީ ބުނެފައެވެ. ދެވަނަ އަކުރުގައި ބުނެފައިވާ ގޮތުން 18 އަހަރު ނުވަނީސް ކުއްޖާ ކުރާ ކުށެއްގެ އަދަބު ކަނޑައަޅާއިރު 18 އަހަރުވުމަށް ފަހު ވެސް މަރުގެ އަދަބު ތަންފީޒު ކުރަންޖެހޭ ގޮތަށް ކަނޑައެއް ނޭޅޭނެއެވެ. އަދި އޭގެ ފަހުން މަރުގެ އަދަބު ދީގެން ނުވާނެ ކަމަށް ވަނީ ބުނެފައެވެ.

ޖީހާން ހުށަހެޅި ތިންވަނަ އަކުރުގައި ބުނެފައިވާ ގޮތުން އެއްވެސް ގާނޫނެއްގައި މަރުގެ އަދަބު ކަނޑައެޅިފައިވާ ކުށެއް ކުޑަކުއްޖެއްގެ މައްޗަށް ސާބިތުވާ ހާލަތުގައި އެ ކުށަށް ކަނޑައެޅިފައިވާ ދެން އޮތް އެންމެ ބޮޑު އަދަބެއްގެ ހަތަރު ބައިކުޅަ ތިންބަޔަށްވުރެ ބޮޑު ނޫން އަދަބަކަށް ބަދަލުކުރަންވާނެއެވެ.

ޖީހާން ހުށަހެޅި ބައެއް އިސްލާހުތަކުގައި ވަނީ ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަންދު ކުރުމުގެ ބަދަލުގައި، އައިލާ ގާތު ބަންދުގައި ބަހައްޓައިގެން ޝަރީއަތް ކުރިޔަށް ގެންދިއުމަށް ހިމަނާފައެވެ. އަދި އޭގެ ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ ކުއްޖާ އާއިލާ އާއި ދުރުގައި ބެހެއްޓުމުގެ ސަބަބުން ކުރާނެ ނޭދެވޭ އަސަރުތަކަށް ބަލައެވެ.

މަރުގެ ޙުކުމް ރާއްޖޭގައި ތަންފީޒު ކުރަމުން ނުގެންދިޔަ ނަމަވެސް މަރުގެ ހުކުމް ރާއްޖޭގައި ތަންފީޒު ކުރުމަށް ގާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތެވެ. އެހެން ނަމަވެސް ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ނުކުރާނެ ކަމަށް ރައީސް ސޯލިހްގެ ސަރުކާރުން ވަނީ މީގެ ކުރިން ބައިނަލްއަޤުވާމީ ބައެއް ބައްދަލުވުންތަކުގައި ހާމަކޮށްފައެވެ.

މަރުގެ އަދަބު ދޭން އަލުން ފަށާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ނަމަވެސް އެމަނިކުފާނުގެ ވެރިކަން ވެސް ނިމިގެން ދިޔައީ މަރުގެ އަދަބު ތަންފީޒު ނުކުރެވިއެވެ. އަދި އޭރު މަރުގެ އަދަބު ދޭނެ ގޮތްތަކާއި މެދު ހޫނު ބަހުސްތަކެއް ވެސް ދިޔައެވެ. ރައީސް ޔާމީން އޭރު ނިންމެވީ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ދިނުމަށެވެ. އަދި އެކަން ތަންފީޒު ކުރުމަށް މާފުށީ ޖަލުުގައި ވަކި ތަނެއް ވެސް ގާއިމް ކުރިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: