ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލަސް ވެގަސް އަށް މި ރާއްޖެ ހަދަން އުޅޭނެ ކަމެއް ނެތް، ރަލެއް ނުވިއްކޭނެ: ޒައިދު

ޝެއާރކޮށްލާ ކަހަލަދޯ؟

މީހުން ދިރިއުޅޭ ރަށްތަކުގައި ބަނގުރާ ވިއްކުން ހުއްދަ ކުރުމަަށް ގޮވާލައި ބައެއް އެމްޑީޕީ މެމްބަރުން ދައްކަވާ ވާހަތަކަށް ޝެއިޚު އަލީ ޒައިދު ރައްދު ދެއްވައިފިއެވެ.

ޒައިދު މިހެން ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށުގައި ރާ އާންމު ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ މެމްބަރުން ވާހަކަ ދެއްކުމާ ގުޅިގެންނެވެ.

އެގޮތުން ޒައިދު ކުރެއްވި ޓްވީޓެއްގައި ވަނީ ރަލޭ ކިޔައިގެން ބައެއް އެމްޑީޕީ މެމްބަރުން މޮޔަފުޅު ވަނީތޯ އައްސަވާފައެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ރަލެއް ނުވިއްކޭނެ ކަމަށާއި އެމެރިކާގެ ލަސް ވެގަސް އަށް ރާއްޖެ ހަދަން މަސައްކަތް ނުކުރުމަށް ގޮވާލާފައެވެ.

”ތިޔަ ކަމެއް ނުވާނެ އިންޝާﷲ. ރައްޔިތުން އެ ފުރުސަތު ނުދޭނެ. ކަލަކުވާކަން ހަނދާންކޮށް ބިރުވެތިވުމަށް ގޮވާލަން.“ ޒައިދު ވިދާޅުވިއެވެ.

ރާއްޖޭގައި ފަތުރިކަން އޮތް މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކޭނެ ގޮތެއް ހޯދައި، އެކަން ކުރެވޭނެ ގޮތާއި، އެމަގު ފަހި ކުރަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް އިއްޔެ ވަނީ ވިދާޅުވެފައެވެ.

ޝަހީމު މިފަދައިން  ވިދާޅުވިއިރު ސަރުކާރުން ޓުއަރިޒަމް ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން ތޮއްޑޫ ދާއިރާ މެންބަރު ޙަސަން ޝިޔާން ވެސްވަނީ ބަނގުރާ މީހުން ދިރިއުޅޭ ރަށްރަށުގައި ވިއްކުން ހުއްދަކުރަން ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: