ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމީރަކީ ހުވަދު އަތޮޅުން އައިސް ހުރި ބޮޑުވަގެއް: ޖާބިރު

ޝެއާރކޮށްލާ ކަހަލަދޯ؟

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ގެންދަވަނީ ބޮޑެތި އަދަދުތަކުން ދައުލަތަށް ޚިނާތް ވަމުންކަ ކަމަށާއި އަމީރަކީ ހުވަދު އަތޮޅުން އައިސް ހުރި ބޮޑުވަގެއް ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ، މުޅި މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ މިނިސްޓަރ އިބްރާހިމް އަމީރަކީ ހުވަދު އަތޮޅަށް ނިސްބަތްވާ މީހެއްކަން އެގުނީ އަދިކިރިޔާ ކަމަށެވެ.

ޖާބިރު ވިދާޅުވީ މިނިސްޓަރު އަމީރު ގެންދަވަނީ ބޮޑެތި އަދަދުތަކުން ދައުލަތަށް ޚިނާތް ވަމުންކަމަށެވެ. އަދި އޭނާއަށްވެސް ވަރަށްބޮޑު ޚިޔާނާތެއް ވެފައިވާކަމަށް ޖާބިރު ވިދާޅުވިއެވެ.

އެގޮތުން ޔޮޓް ޓުއާޒްއަށް ގެނައި ކޮންޓޭނަރ ތަކެއް މިނިސްޓަރު އަމީން ވިއްކަވާލެއްވި ކަމަށް ޖާބިރު ތުހުމަތު ކުރެއްވިއެވެ. އަދި ޚިޔާނާތްތަކާއި ގުޅިގެން މިނިސްޓަރ އަމީން މަޤާމުން ވަކި ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ މިނިސްޓަރ އަމީރަކީ ދައުލަތުގެ މާލީ އެންމެ ޒިންމާދާރު މަޤާމުގައި ހުންނަވާ ބޭފުޅާއަށްވާއިރު އެބޭފުޅާގެ ޚިޔާންތެރިކަން ބޮޑުވެގެން ދިއުމަކީ ނުހަނު ކަންބޮޑު ވާކަމެއްކަމަށެވެ.

“މިވާހަކަ ދައްކަނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު. އިއްޔެ އަމީރު ކިޔާ މީހަކު ވައްކަން ކޮށްފި. އަމީރަކީ ހުވަދު އަތޮޅުން އައިސްސަ ހުރި ބޮޑުވަގެއް. އޭނާ މަޤާމުން ވަކިކުރުމުގެ ރަސްމީ ޒިންމާ އަޅުގަނޑު އުފުލައިފިން. މަށަކީ ހުވަދޫ މީހެއް” ޖާބިރު

މީގެ އިތުރުން ޖާބިރު ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު އަމީރު މަޤާމުން ވަކި ނުކުރައްވައިފިނަމަ ރައީސްގެ މައްސަލަވެސް މަޖިލީހަށް ވައްދައިގެން ބަލާނެކަމަށެވެ.

ޖާބިރު ވިދާޅުވީ ޚިޔާނާތައް ތާއީދުކޮށް، ވައްކަން ފޮނުވާނަމަ އެކަމުގެ ވާހަކަ ދައްކައި، އެކަން ކުރާ މީހުން ޒިންމާދާރު ކުރުވާނެކަމަށެވެ.

ރައީސް ސޯލިހުވެސް ހުންނެވީ ވަރަށް ނިކަމެތި ހާލުކޮޅެއްގައިކަން އެނގިވަޑައިގަންނަވާ ކަމަށާއި އެމަނިކުފާނު އުޅުއްވަނީ އަނގަޔާ އަތާ ދިމާނުވެގެން ކަމަށް ޖާބިރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: