ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭޝިއަން ޕަވަރ އެވޯޑްސް: ސީއީއޯ އޮފް ދަ އިޔާ ފެނަކައިގެ އެމްޑީއަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

އޭޝިއަން ޕަވަރ އެވޯޑްސްގެ ސީއީއޯ އޮފް ދަ އިޔާ އެވޯޑާއެކު ޖުމްލަ ހަތަރު އެވޯޑެއް ފެނަކަ ކޯޕަރޭޝަނަށް ލިބިއްޖެއެވެ.

އޭޝިއަން ޕަވަރ އެވޯޑްސްއަކީ، އޭޝިއާ ސަރަހައްދުގެ ޔުޓިލިޓީ ކުންފުނިތަކަށް ދޭ ޚާއްސަ އެވޯޑެކެވެ. އޭޝިއާ ޔުޓިލިޓީ ކުންފުނިތަކުން މި އެވޯޑު ސިފަކުރަނީ ޔުޓިލިޓީ ދާއިރާގެ “އޮސްކާ”ގެ ގޮތުގައެވެ. މިފަހަރު މި އެވޯޑް 50 ފަރާތަކަށް ދީފައިވެއެވެ.

އޭޝިއަން ޕަވާ އެވޯޑްސް އަކީ މިނިވަން ޖަޖުންގެ ޕެނަލަކުން ދުރާލާއި އިއުލާން ކުރާ މިންގަނޑުތަކަކަށް ބަލައިގެން ދޭ އެވޯޑެކެވެ.

އޭޝިއަން ޕަވަރ އެވޯޑްސްގެ ސީއީއޯ އޮފް ދަ އިޔާ އެވޯޑު ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދަށް ލިބިވަޑައިގެންނެވިއިރު، ލ. ގަމުގައި ގާއިމްކޮށްފައިވާ ސެންޓްރަލް ޕަވާ ސްޓޭޝަން މަޝްރޫއަށް ލިބުނު ރާއްޖޭގެ “ޕަވާ ޕްލާންޓް އަޕްގްރޭޑް އޮފް ދަ އިޔާ”ގެ އެވޯޑު ލިބިފައިވެއެވެ.

މީގެ އިތުރުން ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ ޕަވާ ޔުޓިލިޓީ ކުންފުނީގެ އެވޯޑާއި ގދ. މަޑަވެލި އަދި ހޯޑެއްދޫގައި ގާއިމްކުރާ އަވިން ހަކަތަ އުފައްދާ ނިޒާމުގެ މަޝްރޫއަށް ލިބުނު “ސޯލާ ޕަވާ ޕްރޮޖްކްޓް އޮފް ދަ އިޔާ” އެވޯޑު ހިމެނެ އެވެ.

ސީއީއޯ އޮފް ދަ އިޔާގެ އެވޯޑް ލިބިވަޑައިގަތީ ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ކުންފުނި ކުރިއެރުވުމަށް އޭނާ ކުރެއްވި މަސައްކަތްތަކުގެ ސަބަބުން ކަމަށް ފެނަކައިން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: