މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ އާދައުރަކަށް މީޑިއާތަކުގެ މެދުގައި ވޯޓުލާ މެމްބަރުން އިންތިހާބުކޮށްފިއެވެ.
އެމްއެމްސީއަށް ކުރިމަތިލި މީޑިއާތަކުގެ ތެރެއިން އިންތިޚާބު ކާމިޔާބު ކުރި ކެންޑިޑޭޓުން:
ސަންގު ޓީވީ، ޝަހުބާން ފަހުމީ (94 ވޯޓު)
މުއިއްޒު އިބްރާހިމް، މިހާރު (99 ވޯޓު)
އަލީ ހުސައިން، ޕީއެސްއެމް (152 ވޯޓު)
އާދަމް ނަޒީރު، 27 އޮންލައިން (97 ވޯޓު)
އާދަމް ނަވާޒް، ވަގުތު އޮންލައިން (92 ވޯޓު)
ހުސައިން ސަގީފް، ތިލަދުން (97 ވޯޓު)
ހަސަން ޝާކިރު މުހައްމަދު، އަސްދަނޑި (88 ވޯޓު)
އެމްއެމްސީއަށް ރާއްޖޭގެ މީޑިއާތަކުގެ ތެރެއިން 15 ފަރާތެއް ވާދަ ކުރިއެވެ. ކައުންސިލަށް އިންތިހާބުވެފައި ވަނީ އެންމެ ގިނަ ވޯޓު ހޯދި ހަތް ކެނޑިޑޭޓުންނެވެ. އެމްއެމްސީ މެމްބަރުންގެ ދައުރަކީ ދެ އަހަރެވެ. އަދި އެއްވެސް މެމްބަރަކަށް ދައުރެއް ނިންމާ ޖެހިގެން އަންނަ ދައުރަކަށް ކުރިމަތި ނުލެވޭނެ އެވެ.
އެމްއެމްސީގެ އިންތިހާބުގައި ވޯޓް ލެވެނީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ނޫސްމަޖައްލާ އަދި ޓީވީ އާއި އޮންލައިން މީޑިއާތަކަށެވެ.

