ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ހުރަސްތައް ނައްތާލަން ޖެހޭ: ޝާހިދު

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު. ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިވަން ނޫސްވެރިކަމުން ސަރުކާރުތައް ޒިންމާދާރުކޮށް، ޑިމޮކްރަސީގެ ހަރުދަނާ އުސޫލުތަކަށް ހިތްވަރުދޭ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ވޯލްޑް ޕްރެސް ފްރީޑަމް ކޮންފަރެންސް 2020 ގެ ހަވާސާގައި ބޭއްވި ނޫސްވެރިންގެ ރައްކާތެރިކަމާ ބެހޭ ވަށްމޭޒު ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ޝާހިދު ވިދާޅުވީ ތަފާތު ޚިޔާލުތަކާއި ގިނަ ފިކުރުތަކުގެ ސަބަބުން އެކަހެރިކަން އިތުރުވެފައިވާ ދުނިޔެއެއްގައި ނޫސްވެރިކަމުގެ މިނިވަންކަން މުޖުތަމަޢުތައް ގުޅުވާލަދީ ބަދަހި ކުރުމަށް މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.

ޝާހިދު ވިދާޅުވީ މިނިވަން ނޫސްވެރިކަމުން ސަރުކާރުތައް ޒިންމާދާރުކޮށް، ޑިމޮކްރަސީގެ ހަރުދަނާ އުސޫލުތަކަށް ހިތްވަރުދޭ ކަމަށާއި ނޫސްވެރިންގެ ބުރަ މަސައްކަތުން މުޖުތަމަޢުއަށް އަގުނުކުރެވޭ އެތައް ޚިދުމަތެއް ލިބުނުކަމުގައި ވީނަމަވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ނޫސްވެރިންނަށް ކުރިމަތިވާ ފިއްތުންތައް ވަނީ އިތުރުވެފައި ކަމަށެވެ.

ނޫސްވެރިންނަށް ލިބިދޭންޖެހޭ މިނިވަން ނޫސްވެރިކަމުގެ ހައްޤު ވަނީ ނިގުޅައިގަނެވިފައި ކަމަށާއި ކޮވިޑް-19 އަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި، ނޫސްވެރިންނަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން އެފަރާތްތަކަށް ހޯދައި ދިނުމުގެ މުހިންމުކަން މިއަދު މިވަނީ އިހުނަށްވުރެވެސް ބޮޑަށް އިތުރުވެފައި ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވި ގޮތުގައި ފާއިތުވި އަހަރުތަކުގައި މިނިވަން ނޫސްވެރިކަމަށް ހަލުވި ބަދަލެއް އައި މަންޒަރު ދިވެހިރާއްޖެ ވަނީ ދެކެފައެވެ. އެގޮތުން 2018 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާއި ހަވާލުވުމަށްފަހު، ނޫސްވެރިންނަށް ފިއްތުންތަކާއި އުނދަގޫތައް ކުރިމަތި ކުރަމުން ގެންދިޔަ މިނިވަން ނޫސްވެރިކަމާއި ދެކޮޅު ސަގާފަތަށް ނިމުމެއް ގެންނެވި ކަމަށް ޝާހިދު ވިދާޅުވިއެވެ.

މިއަދުގެ ސަރުކާރުން ވަނީ ދިވެހިންނަށް ޤާނޫނީ ގޮތުން ލިބިދޭންޖެހޭ މިނިވަންކަން ކަށަވަރު ކުރުމަށްޓަކައި 2016 އަހަރު ވުޖޫދަށް ގެނެސްފައިވާ އަބުރުގެ ޤާނޫން އުވާލައި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ޤާނޫނީ ހައިސިއްޔަތު އަލުން އަނބުރައި ހޯދައި ދެއްވާފައިކަން ޝާހިދުގެ ވާހަކައިގައިވަނީ ފާހަގަކުރައްވާފައެވެ.

ޝާހިދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ވަނީ ގެއްލުވާލާފައިވާ ފަރާތްތަކާއި، މަރާލާފައިވާ ފަރާތްތަކުގެ މައްސަލަތައް ތަހުޤީޤް ކުރުމަށް މަރު ކޮމިޝަންގެ ނަމުގައި ރިޔާސީ ކޮމިޝަނެއް އުފައްދަވައި، ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހްމަދު ރިލުވާންގެ މައްސަލައަށް އިންސާފު ހޯދުމުގެ މަސައްކަތް ފައްޓަވާފައި ކަމަށެވެ.

ދުނިޔޭގެ ތާރީޚުގެ ކޮންމެ ހިސާބެއްގައިވެސް، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އަސާސި ހައްޤެއް ގޮތުގައި ކަނޑައެޅިފައިވާ ކަމެއްކަން ފާހަގަ ކުރައްވާ ޝާހިދު ވިދާޅުވީ މިއަދު މި ހައްޤުގެ ދިފާޢުގައި ދުނިޔޭގެ ޤައުމުތަކުގެ ވެރިން އެއްވެތިބި ތިބުމުން ރަމްޒުކޮށްދެނީ އިންސާނީ މުޖްތަމަޢުއަށް ކުރިމަތިވާ މިފަދަ ކޮންމެ މައްސަލެއްގެ ހައްލު ހޯދެން އޮތީ އެކުވެރިކަމާއި މަޝްވަރާގެ އުސޫލުން ކަމަށެވެ.

ނެދަލެންޑްސްގެ ޚާރިޖީ ވަޒީރު ސްޓެފް ބްލޮކް ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުމަށްފަހު ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުގެ ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމާ ބެހޭ “ދަ ހޭގް ކޮމިޓްމަންޓް” ވަނީ ނެރެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: