ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި މަޖިލީހަކީ ރަބަރު ސްޓޭމްޕް ޖަހާތަނަކަށް ނުވާނެ: އަލީ އާޒިމް

ފޮޓޯ:މަޖިލިސް .. އެމްޑީޕީ ޕީޖީ ލީޑަރު އާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު އޮތް މަޖިލީހަކީ 18 ވަނަ މަޖިލިސް ގޮތަށް ސަރުކާރުން ފޮނުވާހާ ބިލަކަށް ރަބަރު ސްޓޭމްޕް ޖަހާ ތަނަކަށް ނުވާނެކަމަށް އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ޓީވީގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހަކީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހަކަށް ވިޔަސް ސަރުކާރުން ފޮނުވާހާ ބިލެއް ބޭނުންހާ ގޮތަކަށް ފާސްކުރާކަށް ނުޖެހޭ ކަމަށެވެ.

އާޒިމް ވިދާޅުވީ މިހާރު ރައްޔިތުންގެ މަޖިލިސް ހިނގަމުންދަނީ ދުވަހަކުވެސް ނުހިނގާހާ ޑިމޮކްރަޓިކޮށް، ހަރުދަނާ އުސޫލުތަކުގެ މަތީންކަމަށެވެ. އަދި ރައްޔިތުން އެމްޑީޕީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ދީފައިވަނީ ވަރަށް ބޮޑު އުންމީދު ތަކެއްގައި ކަމަށާއި، އެއުންމީދުތައް ހާސިލް ކުރުމަށް މަޖިލިސް ތެރެއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އާޒިމް ވިދާޅުވިއެވެ.

ސަރުކާރުން ބިލެއް ފޮނުވުމުން އެ ފޮނުވާގޮތަށް ކިޔާވެސް ނުލައި ފާސްކުރުމަކީ މި މަޖިލީހުން ކުރާނެ ކަމެއް ނޫންކަމަށް އާޒިމް ވިދާޅުވިއެވެ. އޭގެ ބަދަލުގައި ސަރުކާރުން ބިލެއް ހުށަހެޅުމުން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ބިލުގައި އޮތް އެއްޗެއް ބަލައި، އަދި ބިލެއް ފާސް ކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ވަރަށް ބޮޑު ޕްރޮސަސްއެއް މިހާރުގެ މަޖިލީހުން ކަނޑައަޅާފައިވާކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މިއީ އެމްޑީޕީ ސަރުކާރެއްނޫން ކަމަށާއި އެމްޑީޕީގެވެސް ހިއްސާ އޮތް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކު ލީޑް ކުރަމުންދާ ސަރުކާރެއް ކަމަށެވެ. އަދި މިސަރުކާރު އޮތީ ކޯލިޝަނެއްގެ ތެރެއިން އޮތް މަސްހުނި ސަރުކާރެއްގެ ގޮތުގައި ކަމަށާއި، އެމްޑީޕީގެ ސިޔާސަތު ތަންފީޒު ކުރުމަށް އެންމެ ބޭނުންވާ ވަރަށް ޖާގަ ނުލިބޭކަމަށް އާޒިމް ވިދާޅުވިއެވެ.

މިއަދު އޮތް ވެރިކަމުގެ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް އެކަށިގެންވާ ގޮތަށް ކަންކަން ނުކުރެވޭއިރު، އަދި މިހާރު އޮތް ކޯލިޝަންގެ ތެރެއިން ބޮޑެތި ހުރަސްތަކެއް އޮތުމާއެކު ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ ވިސްނުމަކީ ގެންގުޅެންޖެހޭ ވިސްނުމެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ޤާނޫނު އަސާސީ ވަރަށް ބޮޑަށް މަސްހުނިވެފައިވާ ކަމަށާއި ޤާނޫނު އަސާސީގައި ބަރުލަމާނީގެ ކުލަ ވަރަށް ބޮޑަށް ޖެހިފައިވާ ކަމަށެވެ. އެހެން ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން ވާހަކަ ދެކެވެންޖެހޭ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މަޖިލީހުގެ ފުލް މެޖޯރިޓީ އޮތީ އެމްޑީޕީގެ އަތުގައިކަމަށާއި މަޖިލިސް ތެރެއިން ކަންކަން ކުރުމުގައި ސަރުކާރުކާރަށް ދޭންޖެހޭ އެއްބާރުލުން ދޭނެކަމަށް އާޒިމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: