ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ ނިޒާމަކު އެހެން ޕާޓީތަކަށް ބައި އަޅާކަށް ނުޖެހޭނެ: ބޮންޑެ

ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ ނިޒާމެއްގައި ތިން ހަތަރު ޕާޓީއަށް ބައިއެޅުމުގެ ގޮތުން ކޯލިޝަން ހައްދާކަށް ރައީސުލްޖުމްހޫރިއްޔާއަކަށް ޖެހިވަޑައެއް ނުގަންނަވާނެ ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ “ޚަބަރަށްފަހު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ ވެރިކަން ކުރަން ކޮންމެވެސް އެއް ނިޒާމެއް އޮންނަންޖެހޭ ކަމަށެވެ. އެގޮތުން މިހާރު އޮތީ ރައްޔިތުންގެ ވޯޓަކުން ބަލައިގެންފައިވާ ރިޔާސީ ނިޒާމެއް ކަމަށެވެ.

ބޮންޑެ ވިދާޅުވީ ވެރިކަންކުރަންޖެހޭނީ ކޮންމެވެސް އެއް ނިޒާމަކުން ކަމަށާއި ނަމަވެސް މިހާރު ރާއްޖޭގައި މިއޮންނަނީ ކޮންކަހަލަ ނިޒާމެއްކަން މިހާރު ސާފު ނުވާ ކަމަށެވެ. އަދި ރިޔާސީ ނިޒާމެއްގައި ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާ ފަރާތަކާއި ރައްޔިތުން ހަވާލުކުރާ ބާރުތަކެއް ބައިބަޔަކަށް ނުބެހޭނެ ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

ރިޔާސީ ނިޒާމެއްގައި އެގޮތަށް ބައި އަޅާ، ބާރުތައް ބަހަންވެއްޖެނަމަ ރައީސަކަށް ހުންނަވާ ބޭފުޅަކު، ރައްޔިތުންނަކަށް ނުފެންނާނެ ކަމަށާއި ރާއްޖޭގައި މިހާރު ފެންނަމުން އެދަނީ އެމަންޒަރު ކަމަށް ބޮންޑޭ ވިދާޅުވިއެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުން ކަމެއް ފާސްކުރިޔަސް ކޯލިޝަންގެ ބައިވެރިންގެ މެދުގައި ބަހާލުމުން ރައްޔިތުން ބޭނުންވާ ކަންކަން ހިނގާތަނެއް ނުފެންނާނެ ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ ވިދާޅުވީ ކޯލިޝަނުގައި ބައި އަޅައިގެން އުޅޭއިރު، ކޮންމެ ޕާޓީއެއްގެ އަމިއްލަ އެޖެންޑާއެއް އޮންނަ ކަމަށާއި ރައްޔިތުންނަށް ކަމެއް ކޮއްދިނުމުގެ ބަދަލުގައި އެންމެ ފުރަތަމަ ދުވަހުވެސް ފަށަނީ ދެން އޮންނަ އިންތިޚާބަކަށް ކެމްޕޭން ކުރަން ކަމަށެވެ.

ކޯލިޝަނުގެ އެއް ފަރާތުގައި ހުންނެވީ ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރި ވެރިޔާ ކަމަށާއި، އެބޭފުޅާގެ ކަމަކަށް އޮންނާނީ ރައްޔިތުންނަށްވުރެ ބޮޑަށް ވިޔަފާރީގެ މަސްލަހަތު އިސްކުރުން ކަމަށް ބޮންޑޭ ވިދާޅުވިއެވެ. އަދި ދެން ހުންނެވީ ތިރީސް އަހަރު ވެރިކަންކުރެއްވި ފަރާތެއް ކަމުން ސަރުކާރު މިއޮންނަންޖެހޭ ހުރިހާ ކަމެއްގެ މެދުގައި ތާށިވެފައި ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

“ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ނިޒާމުގައި ނުޖެހޭނެ ކޯލިޝަން ހަދާކަށް، ރައީސުލްޖުމްހޫރިއްޔާ ބޭނުންވާ މީހުން ތިބޭނެ، މިސާލަކަށް މިވެރިކަން ގެނައީ ޔާމީނު ކައިރިން ދުރަށްދާން، ބިރެއް ފެނިގެން އުޅޭހެން އެ ބިރަކުން ސަލާމަތްވާން އައި ބައެއްހޭމީ ނޫނީ ރައްޔިތުންނަށް ވެރިކަންކޮށްދޭން އައިބައެއްތޯ އެބަ ބަލަންޖެހޭ، އެއް ބަޔަކު އައިސް ގުޅުނީ ޔާމީން އެމީހުން ޖަލަށްލާތީ، އަނެއް ބަޔަކު ބޮޑު ގަހެއްގެ ހިޔާ ހޯދަން” ބޮންޑޭ

މީގެ އިތުރުން ބޮންޑޭ ވިދާޅުވީ ތިން މީހަކު ވާހަކަ ދައްކާލާފައި ކޯލިޝަން ހެދުމަށް ވައުދު ނާމާއެއް ނުހެދޭނެ ކަމަށެވެ. މިއީ ބޮޑު ގައުމެއް ކަމަށާއި ރާއްޖޭގައި އެތައް ބައިވަރު ރައްޔިތުންތަކެއް ދިރިއުޅެނިކޮށް ދެތިން މީހަކަށް ވައުދުނާމާއެއް ނުހެދޭނެ ކަމަށްވެސް ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ ވިދާޅުވީ ތިންހާސް ހަމަނުވާ ޕާޓީތަކުގެ ވެރިންނަށް ތިބި ބަޔަކާއި ވާހަކަ ދައްކާލުމަށްފަހު ވެރިކަންކުރާނީ ކޯލިޝަނަކުންނޭ ބުނެ ނިންމާ ނުލެވޭނެ ކަމަށާއީ އެއީ ކަމުދާ ގޮތެއްވެސް ނޫން ކަމަށެވެ.

ރައީސް މައުމޫނާއި ޝޭޚް އިމްރާނާއި ދެންހުރި މީހަކާއި ވާހަކަ ދައްކާލާފައި ވެރިކަމެއް ނުކުރެވޭނެ ކަމަށާއި މައްސަލަ ނުކުންނަ ހިސާބަކީ އެއީ ކަމަށް ބޮންޑޭ ވިދާޅުވިއެވެ. ޤާނޫނު އަސާސީގައި ވެރިކަންކުރަންވީ ގޮތް ސާފުކޮށް ބަޔާންކޮށްފައި އޮތްއިރު، ވެރިކަން ހިނގަންވާނީވެސް ޤާނޫނު އަސާސީގައި އޮތް މަގުން ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑެ ވިދާޅުވީ ވެރިކަން ކުރުމަށް ޤާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާ އަށް ދީފައިވާ ބާރުތަކަކީ އެހެން ބަޔަކަށް ބައިއެޅުމުގެ ގޮތުން ދެވޭނެ ބާރުތަކެއް ނޫން ކަމަށެވެ.  އެކަމަކު މިހާރު އޮތް ގޮތުން ސަރުކާރު މަސައްކަތް ކުރަނީ ބަޔަކަށް ލިޔުއްވާފައި އޮތް ރުއް ދަނޑަކަށް ބަލައިގެން މަސައްކަތްކުރާހެންވެސް ހީވާ ކަމަށް ބޮންޑެ ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: