ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކުގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ނިހާންގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅުންހުރި މައްސަލައެއްގައި ކަމަށެވެ.
ނިހާންގެ ޕާސްޕޯޓު ހިފެހެއްޓިއިރު އެމްއެމްޕީއާރްސީ ހިޔާނާތާއި ގުޅިގެން މިދިޔަ އޮކްޓޫބަރު މަހު އޭނާ ވަނީ އެސެޓް ރިކަވަރީ ކޮމިޝަނަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.
ޖުމްހޫރީ ޕާޓީގައި މިވަގުތު ހުންނެވި ނިހާން ވަނީ މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތިނަދޫ ދެކުނު ދާއިރާ އަށް ކުރިމަތިލައްވާ ނާކާމިޔާބުވެފައެވެ.

