ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލަންކާގެ މުސްލިމުން ރާއްޖޭގައި ވަޅުލެވޭނެ: ނަޝީދު

ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އަވަށްޓެރި ސްރީލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މުސްލިމުންގެ ހަށިގަނޑުތައް ރާއްޖެ ގެނެސް ވަޅުލެވޭނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ލަންކާ ރައީސް ގޯތާބަޔަ ރާޖަޕަކްސަ ވަނީ ކޮވިޑްގައި މަރުވާ މުސްލިމުންގެ ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީީފުޅެއް ފޮނުއްވާފައެވެ. އަދި ރައީސް މިހާރު ގެންދަވަނީ އެ ކަންކަން އިންތިޒާމް ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރައްވަމުންނެވެ.

މިކަމާ ގުޅިގެން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލަންކާ އަކީ ރާއްޖެ އަށް ބޭނުންތެރި އަދި އެހާމެ ގާތް އެކުވެރި ގައުމެއް ކަމަށާއި ހުރިހާ ހާލަތެއްގައި ވެސް ދެ ގައުމު އޮންނާނީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން ލަންކާގެ މުސްލުން ރާއްޖޭގައި ވަޅުލެވޭނެ ކަމަށާއި ލަންކާގައި ވެސް ރާއްޖޭގެ މީހުން ވަޅުލާފައިވާ ގަބުރުސްތާނުތައް އެބަހުރި ކަމަށް ނަޝީދު ވިދާޅުވިއެވެ.

މި މައްސަލާގައި ބައެއް ފަރާތްތަކުގެ ހިޔާލުތަފާތުވެފައިވާއިރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ މުސްލިމުންގެ ހަށިތައް ރާއްޖެ ގެނައުމުގެ ބަދަލުގައި އެ ފަރާތްތަކުގެ ހަށިތައް އަންދާނުލަން އެގައުމުގެ ސަރުކާރުގައި ދެންނެވުން މާ ރަނގަޅުވާނެ ކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: