ބޮމުގެ ހަމަލާއެއްގައި ކާބުލްގެ ޑެޕިއުޓީ ގަވަރުނަރު މޮހިބުއްﷲ މުހައްމަދީ އަވަހާރަ ކޮށްލައިފިއެވެ.
އަފްޣާނިސްތާނުގެ މީޑީއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ ހަމަލާ ދީފައިވަނީ ގަވަރުނަރު ހުންނެވި ކާރުގައި އައިއީޑީއެއް ހަރުކޮށްގެންނެވެ. ކާރު ގޮވިއިރު ގަވަރުނަރު ދިޔައީ ކާރުގައި ދަތުރު ކުރައްވަމުންނެވެ.
މި ހަމަލާގައި ގަވަރުނަރުގެ އިތުރުން އޭނާގެ ސެކްރެޓަރީ ވެސް އަވަހާރަވެފައިވާ ކަމަށް އެގައުމުގެ މީޑިއާތަކުން ވަނީ ކަށަވަރު ކޮށްދީފައެވެ.
މި ހާދިސާ އެ ގައުމުގެ ފުލުހުން ތަހުގީގު ކުރަމުން އަންނަ އިރު، މިހާތަނަށް މިކަމާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

