ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްއޯއީތަކުން މިއަހަރުގެ ދެވަނަ ކުއާޓަރުގައި ފައިދާވީ އެސްޓޯއަށާއި އެމްޓީސީސީއަށް އެކަނި!

އެސްޓީއޯ އަދި އެމްޓީސީސީގެ އެމްޑީ
ޝެއާރކޮށްލާ ކަހަލަދޯ؟
މިއަހަރުގެ ދެވަނަ ކުއާޓަރުގައި ފައިދާވީ އެސްޓީއޯ އަދި އެމްޓީސީސީއަށް އެކަނިކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އެސްޓީއޯ އާއި އެމްޓީސީސީ ފިޔަވައި ސަރުކާރުގެ އެއްވެސް ކުންފުންޏަކަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި ފައިދާ ޖެހިފައެއް ނުވެއެވެ. އެސްޓީއޯއަށް 2019 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާއި އަޅާ ބަލާއިރު މިއަހަރު ވަނީ 37 އިންސައްތައިގެ ކުރިއެރުމެއް ލިބިފައެވެ. ހުސްވި އަހަރުގެ ދެވަނަ ކުއާޓަރުގައި އެސްޓީއޯއަށް 76 މިލިއަން ރުފިޔާ ލިބުނުއިރު، މިއަހަރުގެ ދެވަނަ ކުއާޓަރުގައި 104 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
އެމްޓީސީސީއަށް ހުސްވި އަހަރުގެ ދެވަނަ ކުއާޓަރާއި އަޅާ ބަލާއިރު މިއަހަރުގެ ދެވަނަ ކުއާޓަރުގައި ވަނީ 5 އިންސައްތައިގެ ކުރިއެރުމެއް ލިބިފައެވެ. ހުސްވި އަހަރުގެ ދެވަނަ ކުއާޓަރުގައި އެމްޓީސީސީއަށް 14 މިލިއަން ރުފިޔާ ލިބުނުއިރު މިއަހަރުގެ ދެވަނަ ކުއާޓަރުގައި 15 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ސަރުކާރު ކުންފުނިތަކުގެ ޖުމްލަ ފައިދާއަށް ބަލާއިރު، ހުސްވި އަހަރުގެ ދެވަނަ ކުއާޓަރާއި އަޅާ ބަލާއިރު މިއަހަރުގެ ދެވަނަ ކުއާޓަރުގައި ސަރުކާރު ކުންފުނިތަކުގެ ސާފު ފައިދާވަނީ 86 އިންސައްތަ ދަށަށް ގޮސްފައެވެ. މިމުއްދަތުގެ ތެރޭގައި ސަރުކާރު ކުންފުނިތަކަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 138 މިލިއަން ރުފިޔާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: