ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅަށްވުރެ އެމްޑީޕީން ސަރުކާރަށް ކުރާ ޖެއްސުން ބޮޑު: ރީކޯ މޫސަ

ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުން ސަރުކާރަށް ކުރަމުންދާ ޕްރެޝަރަށްވުރެ ބޮޑު ޕްރެޝަރެއް އެމްޑީޕީން ސަރުކާރާއި، ރައީސް އިބްރާހިމް މުޙައްމަދު ސޯލިހަށް ކުރަމުންދާކަމަށް، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

ސަންގުޓީވީ “ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ އެމްޑީޕީގެ ތަނަވަސް އަޣްލަބިއްޔަތާއެކު، މިއަދު ހިންގަމުންދާ ވެރިކަމަށް އެ ޕާޓީގެ ލީޑަރޝިޕްގެ ފަރާތުން ދޭންޖެހޭ އެއްވެސް އެއްބާރުލުމެއް ނުދޭ ކަމަށެވެ.

މޫސަ ވިދާޅުވީ އެމްޑީޕީގެ އެތެރޭން މިއަދު ފެނިގެންދަނީ ސަރުކާރަށް އެއްބާރުލުން ދިނުމުގެ ބަދަލުގައި ޕާޓީގެ ވަކި މީހަކަށް ބާރުތައް ހޯދައި، ޕާޓީގެ ކޮންޓްރޯލް ނެގުމަށް މަސައްކަތް ކުރަމުންދާ ތަން ކަމަށެވެ. ވެރިކަން ލިބި ރައްޔިތުންނަށް ޚިދުމަތެއް ކޮށްލުމަށް ލިބޭފުރުސަތެއްގައި ވަކި މީހެއްގެ ހައިބަތު ބޮޑު ކުރުމަށް އުޅުމަކީ ޕާޓީގެ ވެރިކަން ހިންގުމަށް ފަސޭހަވާނެ ކަމެއްނޫންކަމަށް މޫސަ ވިދާޅުވިއެވެ.

އެމްޑީޕީއަކީ ރާއްޖޭގައި މިހާތަނަށް ދެ ފަހަރު ވެރިކަންކުރަން ފުރުސަތު ލިބިފައިވާ ހަމައެކަނި ޕާޓީކަމަށާއި އެމްޑީޕީން އުފެދުނީއްސުރެ ޕާޓީގެ ތެރޭގައި ޖެހޭ މައްސަލަތަކާއި އުފެދޭ ޚިޔާލު ތަފާތުވުންތައް ހައްލު ކުރަނީ ވާހަތަކަ ދައްކައިގެން މަޝްވަރާގެ މަތީންކަމަށް މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ ހިތް ނުރުހޭ ފަހަރުތަކާއި ހިތްހަމަ ނުޖެހޭ ކޮންމެ ފަހަރަކު، އަންހެނުންނާއި، ދަރިންނަށް އަނިޔާކޮށް، އެމީހުންނަށް ހެއްދެވި ނެހެއްދެވިއަށް ގޮވައި، މަގުމައްޗަށް ނިކުތުމުން އެއްވެސް ކަމެއް ހައްލެއް ނުވާނެ ކަމަށެވެ. މޫސަ އެ ވާހަކަ ސީދާ އަމާޒްކުރެއްވީ ކޮން ބޭފުޅަކަށްކަން ނޭނގުނަސް މޫސަ ދެން ވިދާޅުވީ އެއީ އާއިލާއަކަށް، އަދި ސަރުކާރަކަސް، އެހެން ތަނަކަށްވިޔަސް، މިއަދު މިފެންނަނީ އެމްޑީޕީގެ އެންމެ މަތީ ފަޑިން ރައީސް ޞާލިހަށް އެއްބާރުލުން ނުދޭތަން ކަމަށެވެ.

އެމްޑީޕީގެ ފުރަތަމަ ވެރިކަމުގެ ތެރޭގައިވެސް ކިތަންމެ ފަހަރަކު ޚިޔާލު ތަފާތުވެ، ޕާޓީގެ ލީޑާރޝިޕްގައި ވާހަކަ ދައްކައިގެން ހައްލު ކުރި ކިތަންމެ ކަމެއް ހުންނާވެކަމަށެވެ. އޭރުވެސް ވެރިކަން ކުރަމުންދިޔައީ ކޯލިޝަނެއްގެ ތެރެއިންކަމަށާއި، މިއަދެކޭ، އޭރެކޭވެސް ވެރިކަން ކުރަމުން އަންނަ އުސޫލުގައި އެއްވެސް ތަފާތެއް ނެތްކަމަށެވެ.

“އަޅުގަނޑު ނުރުހޭ ހިތްހަމަ ނުޖެހޭ ކޮންމެ ފަހަރަކު، އަންހެނުންނާއި، ދަރިންނަށް އަނިޔާކޮށް، އެމީހުންނަށް ހެއްދެވި ނެހެއްދެވިއަށް ގޮވައި، މަގުމައްޗަށް ނިކުތުމުން އެކަން ހައްލުވާނެތޯ. އަޅުގަނޑުމެންވެސް ބޭނުންވެގެން ނޫނީ ޤާނޫނު އަސާސީން މަތިކޮށްފައިވާ ކަންކަން ކުރުމަށް އޭރުގެ ރައީސް ދެކޮޅު ހެއްދެވި، މިސާލަކަށް ސްޕްރީމް ކޯޓުގެ ބެންޗުގެ ކޮންޓްރޯލް ނުލިބިދާނެކަމަށް ބަލައި އެކަން ކުރަން ދެކޮޅު ހެއްދެވި، އަޅުގަނޑުމެންގެ ވިސްނުމާއި ދެކޮޅަށް، ހުރިހާ ވަޒީރުން އިސްތިއުފާ ދެއްވައި އަލުން ހުވާކުރި، ނުނިކުންނަތް ފޮޅާލަ ރައީސުލް ޖުމްހޫރިއްޔާއާއި، ޕާޓީއާއި ދެކޮޅަށް” މޫސަ

މީގެ އިތުރުން މޫސަ ވިދާޅުވީ މޫސަ ވިދާޅުވީ އެމްޑީޕީއަކީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތުން އުފެއްދި ޕާޓީއެއް ކަމަށެވެ. އަދި އެމްޑީޕީ ތެރެއިން ކުރިން ފެނުނު ރޫހާއި، ޖޯޝް މިއަދު އެމްޑީޕީ ތެރެއިން ނުފެންނަކަމަށާއި ވެރިކަން ލިބި ރައްޔިތުންނަށް ޚިދުމަތެއް ކޮށްލުމަށް ލިބޭފުރުސަތެއްގައި ވަކި މީހެއްގެ ހައިބަތު ބޮޑު ކުރުމަށް އުޅުމަކީ ޕާޓީގެ ވެރިކަން ހިންގުމަށް ފަސޭހަވާނެ ކަމެއްނޫންކަމަށް މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ މެންބަރަކަށްވުމަށް އަބަދުވެސް ތައްޔާރަށް ހުންނެވި ކަމަށާއި މިވަގުތު އެދުނަސް އެޕާޓީއާ ގުޅިވަޑައިގަންނަވާނެ ކަމަށެވެ. މޫސަ ވިދާޅުވީ ކުރިންވެސް އެމްޑީޕީން އޭނާ ބޭރުކޮށްލާފައިވާ ކަމަށާއި އަދި ފަހުން ޕީޕީއެމުންވެސް އޭނާ ބޭރުކޮށްލާފައިވާ ކަމަށެވެ. އެހެންކަމުން އަލުން އެމްޑީޕީއާ ގުޅިވަޑައިގަންނަވާނީ ޕާޓީގެ މެންބަރުން އެކަމަށް އެދިގެން އައުމުން ކަމަށެވެ.

ވަރަށް ގަދަ
31%ވަރަށް ގަދަ 13%ވަރަށް ގަޔާވޭ 38%ބޮޑު ޖޯކެއް 6%ހައިރާންވެއްޖެ 0%ވަރަށް ދެރަ 13%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އެމް.ޑީ.ޕީ. އަކީ ވެރިކަން ކުރަން ދަންނަ ބައެއް ނޫން. ވެރިކަން ކޮނުނީމާ ކުރިންވެސް އުޅުނީ އިދިކޮޅުމީހުންނާ ދެކޮޅަށް މުޒާހަރާ ކުރަން ނުކުމެ. އޭރު ހުރިހާ ބާރެއް ނުލިބޭތީ. މިހާރު މަޖިލީހާ ސަރުކާރު ހިންގުމާ ލިބުނީމަ އެއުޅެނީ ބާރުލާން ހިންގާ މީހުންނާ ދެކޮޅުވެރިވުމުގަ. އެނޫން ބާރެއް ނުވާނެ ދުވަހަކުވެސް. އެހެން ގޮތެއް ނެތިއްޔާ ރައްޔިތުންނާއި ދެކޮޅަށް ވެސް މުޒާހަރާއަށް ނިކުންނާނެ އެމީހުން. ކުރިން އެކަންވެސް އޮތީ ސާބިތު ކޮށްދީފައި.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: