ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަނޑިޔާރުންކަމުން ވަކިކުރުމުން ވަކީލުކަން ކުރެވޭނެ އުސޫލުތަކެއް ބާ ކައުންސިލުން ކަނޑައަޅަންޖެހޭ: އިންތި

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ(އިންތި)-- ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުލޫކީ މައްސަލައެއް ބަލަމުންދަނިކޮށް އަމިއްލައަށް އިސްތިފާ ދެއްވާ ފަނޑިޔާރުންނާއި ނުވަތަ ސުލޫކީ މައްސަލައެއް ސާބިތުވެ، ރައްޔިތުންގެ މަޖިލީހުން، ފަނޑިޔާރުކަމުން ވަކިކުރާ ފަރާތްތަކަށް ޤާނޫނީ ވަކީލުކަން ކުރެވޭނެ އުސޫލުތަކެއް ބާ ކައުންސިލުން ކަނޑައަޅަންޖެހޭ ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ “ޚަބަރަށްފަހު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ ޖޭއެސްސީން ފަނޑިޔާރެއްގެ މައްސަލަ ބަލަމުންދަނިކޮށް އަމިއްލައަށް އިސްތިއުފާ ދިންނަމަވެސް ނުވަތަ ސުލޫކީ މައްސަލަ ސާބިތުވެ، ރައްޔިތުންގެ މަޖިލީހުން ފަނޑިޔާރަކު ވަކިކުރުމުން، އެވަނީ އެ ފަނޑިޔާރެއް ކުރެއްވި ހުކުމްތަކާއި އަދި ސުލޫކާއި މެދު ބޮޑެތި ސުވާލުތަކެއް އުފެދިފައި ކަމަށެވެ.

އެހެން އެކަން އޮށްވާ ސުލޫކީ މައްސަލައެއްގައި ވަކިކުރާ ފަނޑިޔާރުން ޖެހިގެން އަންނަ ދުވަހު ގާނޫނީ ވަކީލެއްގެ ގޮތުގައި ކޯޓުތަކުގައި ވަކާލާތު ކުރުމަށް އެއްވެސް ހުރަހެއްނެތި، އުސޫލެއް ނެތި ނުކުތުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އިންތި ވިދާޅުވިއެވެ.

ފަނޑިޔާރުކަމުން ވަކިކުރާ ފަރާތްތަކަށް، އެއްވެސް ހަމައެއް ނެތި ޖެހިގެން އަންނަ ދުވަހު ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރަން ދެވޭ ގޮތަށް އޮތް އޮތުމަށް ބާ ކައުންސިލުން ފިޔަވަޅެއް އަޅަންޖެހޭ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވީ ފަނޑިޔާރު ކަމަށް އައްޔަން ކުރަނީ ވަކީލެއްގެ ގޮތުގައި ހުއްޓާ ކަމަށާއި އަދި ފަނޑިޔާރު ކަމަށް އައްޔަންކުރުމުން، ވަގުތީ ގޮތުން ވަކީލުންކަން ކުރުމުގެ ހުއްދަ ސަސްޕެންޑްވާ ކަމަށެވެ. އަދި ފަނޑިޔާރުކަމުން ވަކިކުރާ ހިސާބުން އަލުން ވަކީލަކަށް ވެވޭ ގޮތަށް، ޤާނޫނުން ފުރުސަތު ލިބިފައި އޮތްނަމަވެސް، ކޯޓުތަކުގައި ވަކާލާތު ކުރެވެންޖެހޭނީ، ވަކީލެއްގެ ކިބައިގައި ހުންނަންޖެހޭ ސުލޫކު ހުރިތޯ ބާ ކައުންސިލުން ބެލުމަށް ފަހުގައި ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އިންތި ވިދާޅުވިއެވެ.

“އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ސުލޫކީ މައްސަލައިގައި ވަކިކުރާ ފަނޑިޔާރުން އަލުން އަބުރާ ވަކީލުކަން ކުރުމަށް ނުކުންނަވާ ނަމަ ދެން ޖެހޭނެ ވަކީލެއްގެ ހުންނަންޖެހޭ ސުލޫކު ހުރިތޯ ބަލަން، އޭނާގެ މައްޗަށް ފަނޑިޔާރަކަށް ހުންނަވަނިކޮށްވެސް މި ސުލޫކު ސާބިތުވެއްޖެއޭ، އިތުރު ބެލުމެއް ބަލަން ނުޖެހޭތޯ، ބާ ކައުންސިލަށް އެ ޒިންމާއެއް ނޫފުލޭނެތޯ، އެކަމާ ގުޅޭ އާ ސުލޫކީ އުސޫލެއް ކަނޑަ ނޭޅޭނެތޯ، މީ ވަރަށް މުހިތްމު ނުކުތާއެއްހެން އަޅުގަނޑަށް ހީވަނީ، އެހެން ނޫނީ ބާ ކައުންސިލެއް އޮތުމުގެ އެންމެ މުހިތްމު އެއް މަޤްސަދު އެބަ ގެއްލޭ” އިންތި

މީގެ އިތުރުން އިންތި ވިދާޅުވީ ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުން ވަކިވާ ފަރާތްތައް އެކަމުގައި އިސްތިސްނާ ވާކަމަށެވެ. އެފަރާތްތަކުން އެ މަޤާމުން ވަކިވަނީ ޝަރަފުވެރިކަމާއެކުގައި ކަމަށާއި، ވަކިވާ އިރު ޖޭއެސްސީން ތަހުގީގުކުރާ މައްސަލައެއް ނެތް ނަމަ އެފަރާތަކުން ވަކީލުކަން ކުރުމަކުން ގޯހެއް ނެތް ކަމަށެވެ.

އިންތި ވިދާޅުވީ ސުލޫކީ މައްސަލަތަކުގައި ވަކިކުރާ ފަނޑިޔާރުންގެވެސް ވަކާލާތު ކުރުމުގެ ހުއްދަ ބާތިލު ވެގެންނުވާނެ ކަމަށެވެ. ނަމަވެސް އެގޮތަށް ވަކިކުރާ ފަނޑިޔާރުން ވަކާލާތު ކުރުމުގައި، ބާ ކައުންސިލުން ގޮތެއް ނިންމަންދެން، ވަގުތީ ގޮތުން ކޯޓުތަކުގައި ވަކާލާތު ނުކުރެވޭނެ ހަމައެއް އޮންނަންޖެހޭ ކަމަށް އިންތި ވިދާޅުވިއެވެ.

ބާ ކައުންސިލުން އެގޮތަށް އުސޫލުތަކެއް ކަނޑައަޅަންޖެހޭ ކަމަށް ޤަބޫލު ކުރައްވަނީ، ސުލޫކީ މައްސަލަތުގައި ވަކިކުރާ ފަނޑިޔާރުންނަށް ކޮރަޕްޝަނާއި ޖިނާޢީ ބޮޑެތި ތުހުމަތުތައް ކުރެވި އަދި އެ ތުހުމަތުތައް ތަހުޤީގު ކުރަމުންދިޔުން ފަދަ ކަންކަން ހިމެނޭތީ ކަމަށް އިންތި ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: