ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރުން ވަނީ މަރުތަޅު އަޅުވާފައި ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލަނީސް ލޯކަލް ކައުންސިލް އިންތިހާބު ނުބޭއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެފައި ވަނިކޮށެވެ.
އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކައުންސިލް އިންތިހާބު ބާއްވަން އެކަށޭނެ ބަޖެޓެއް ނުދީ، ކައުންސިލް އިންތިހާބުގައި ސަރުކާރުން ވަނީ މަރުތަޅު އަޅުވާފައިވާ ކަމަށެވެ.
އަދި ކޮވިޑް ތެރޭގައި އިންތިހާބު ނުބާއްވާ ގޮތަށް ގާނޫނަށް ގެނައި ބަދަލުތައް އިސްލާހުކޮށްގެން ނަމަވެސް، އަންނަ އަހަރުގެ މާޗު މަހު އިންތިހާބު ބާއްވަން ޖެހޭ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
#LCE baavvan ekasheyna budgeteh nudhee, Local Council Inthikhaabugai sarukaarun vanee maruthalhu alhuvaafai.
Covid thereygai election nubaavvaa gothah qaanoonah genai badhaluthah islaah kohkohgen namaves, March 2021 gai inthikhaabu baavvan jehey. https://t.co/LT2IK3ExU8
— Adam Shareef Umar (@Adamshareefz) December 25, 2020
އީސީގެ ރައީސް ޝަރީފް ވިދާޅުވެފައިވާ ގޮތުގައި އެ ކޮމިޝަނުން އަދި އިންތިހާބު ނުބާއްވަން ނިންމާފައިނުވާ ކަމަށާއި އެގޮތުން މާޗް މަހުގެ ހައެއް ނުވަތަ 13 ވަނަ ދުވަހު އިންތިހާބު ބާއްވަން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

