ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަހީމް، އިޔާޒަށް: ޓްވިޓާގައި މީހުންނަށް އެއްޗިހި ގޮވުން ހުއްޓަލައި ހެޔޮ އަމަލުތައް ގިނަ ކުރޭ!

ޝެއާރކޮށްލާ ކަހަލަދޯ؟

ޓްވިޓާގައި މީހުންނާއި ދިމާލަށް އެއްޗިހި ގޮވުން ހުއްޓާލައި ހެޔޮ ޢަމަލުތައް ގިނަ ކުރުމަށް ޑރ.އިޔާޒަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވައިފިއެވެ.

އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހުކުމާއި ގުޅޭގޮތުން އެމަނިކުފާނުގެ ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ދެއްކެވި ވާހަކަތާ ގުޅިގެން އިޔާޒު ވިދާޅުވެފައިވަނީ ރައީސް ޔާމީނަށް ވެރިކަން ކުރަން ފުރުސަތު ލިބި، ލިބުނު ފުރުސަތުގައި ވައްކަން އާންމުކޮށް އަމިއްލަ ބޭބޭފުޅުން ޖަލަށް ލައި ހިންގެވު ވެރިކަމަކީ ވަރަށް ނާތަހުޒީބު ވެރިކަމެއްކަމަށެވެ. އަދި އޭރު ހިނގި ކަންކަމުގެ ހަގީގަތް އޮޅުވާ ނުލެއްވުމަށް އިޔާޒު ވަނީ ޖަމީލަށް ގޮވާލާފައެވެ.

އިޔާޒުގެ މި ވާހަކަތަކާ ގުޅިގެން ޝަހީމް ވިދާޅުވީ ޖަލުގައި ބަންދުވެފައިވާ މީހަކާއި ދިމާލަށް މިނިވަންކޮށް ހުންނަވާ ބޭފުޅަކު އެއްޗި ގޮވައި ހެދުމަކީ ޖާހިލިއްޔަ ޒަމާނުގައިވެސް އަމަލު އައިބު ކަމެއްކަމަށެވެ.

”ޖަލުގައި ބަންދުވެފައި އޮތް މީހަކާއި ދިމާލަށް މިނިވަން ހާލުގައި ހުރި މީހަކު އެއްޗިހި ގޮވުމަކީ ޖާހިލިއްޔަ ޒަމާނުގެވެސް އައިބު ކަމެއްގެ ގޮތުގައި ދެކޭ ކަމެއް. ޓްވިޓާގައި މީހުންނަށް އެއްޗިހި ގޮވުން ހުއްޓަލައި ހެޔޮ އަމަލުތައް ގިނަ ކުރޭ.“ ޝަހީމް ވިދާޅުވިއެވެ.

މިފަހަކަށް އައިސް އިޔާޒު އަންނަީ ސިޔަސީ އެކި ބޭފުޅުން ދައްކަވާ ވާހަކަތަކަށް ޓްވިޓާގައި ރައްދު ދެއްވަމުންނެވެ. ހާއްސަކޮށް އެމްޑީޕީ އާއި ސަރުކާރު ދިފާއުކޮށް އޭނާ ވަނީ ވާހަކަ ދައްކަވާފައެވެ. އަދި އިދިކޮޅު ފަރާތްތަކުން ދައްކަވާ ވާހަތަކަށް އިޔާޒު އަންނީ ރައްދު ދެއްވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: