ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސަތު ކަނޑައެޅުމުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ވަނީ އިހުމާލުވެފައި: ރައީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށާއި މީހުންނަށް ވަނީ ވަރަށް ބޮޑަށް އިހުމާލުވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދިވެހިރައްޖޭގެ އަޑުގެ އަހަރީ ދުވަހުގެ ޚާއްސަ ކަވަރޭޖްގައި ބައިވެރިވެވަޑައިގެން އާންމު ރައްޔިތަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި މިހާތަނަށް އައިއިރު އެއްވެސް ވަރަކަށް ހާއްސަ އެހީއަށް ބޭނުންވާ ހުންނަ މީހުންނަށް ސަމާލުކަން ދީފައިނުވާ ކަމަށެވެ. އަދި ދާދިފަހުން އެއްބައިވަންތަކަމުގެ ދުވަހު ބޭއްވި ރަސްމިއްޔާތުންވެސް މިކަން ފެނިގެން ގޮސްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާގައި މިއަހަރުގެ ގައުމީ އިނާމު ހަވާލުކޮށްފައިވާއިރު، ސިއްހީ ހާލަތު ހުރި ގޮތުންނާއި ޚާއްސަ އެހީއަށް ބޭނުންވާ ބޭފުޅުންވެސް އެވޯޑް ލިބުނު ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކަމަށެވެ. އަދި ރަސްމިއްޔާތު ކުރިއަށް ދިޔަވަގުތު، އެކަންކަމަށް އެއްވެސް ވަރަކަށް ވިސްނިފައި ނެތްކަން ފާހަގަކުރެވިގެން ދިޔަކަމަށް ރައީސް ވިދާޅުވިއެވެ.

ރަސްމިއްޔާތަށްފަހު ރައީސް އޮފީހުގެ ސެކްރެޓަރީއާ ބައްދަލުކުރައްވައި، ކުރިއަށް ހުރި ހަފްލާތައް އިންތިޒާމު ކުރާއިރު މިކަންކަމަށް އިސްކަން ދެއްވުމަށް އެދިވަޑައިގެންފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މަގުމަތީގެ ހާލަތަށް އަލިއަޅުއްވާލައްވަމުން، ރައީސް ވިދާޅުވީ ދުވާރުވެސް މީގެ ކުރިން ހުރީ އެފަދަ މީހުންނަށް ބޭނުންކުރުމަށް އެންމެ ފަސޭހަ ހާލަތެއްގައި ނޫން ކަމަށެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ބޭނުންކުރުމަށް ފަސޭހަވާނެ ގޮތަކަށް ދުވާރުވެސް ފަރުމާކުރެވެނީ ވަރަށް ފަހުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ އިހުސާސްތައް ދަންނަ ކަމަށާއި މަސައްކަތް ކުރައްވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ހައްގުތައް ކަށަވަރު ކޮށްދިނުމަށްކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށާއި މީހުންނަށް ބޭނުންވާ އެކި ކަންކަން ފުއްދައިދިނުމަށް މަސައްކަތްކުރައްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: