ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަރުކަޒީ ބާރު ކުޑަކުރުމަކީ ތަރައްޤީއަށް ދެވުނު އެންމެބޮޑު ފުރުސަތު: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

މަރުކަޒީބާރު ކުޑަކޮށް ލާމަރުކަޒީ އުސޫލުން އިދާރީ ދައިރާތައް ހިންގުމަށް ޤާނޫނު އަސާސީއަށް ގެނެވުނު ބަދަލަކީ ރާއްޖޭގެ އަތޮޅުތަކުގެ ތަރައްޤީއަށް ކުރިއެރުން ލިބުމުގައި އޮތް އެންމެބޮޑު ފުރުސަތު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަންމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުގެ 58 ވަނަ އަހަރަ ދުވަހުގެ މުނާސަބަތުގައި މިއަދު ކުރިއަށް ގެންދިޔަ “ބާއްޖަވެރި ހެނދުނެއް”ގެ ހާއްސަ ޕްރޮގުރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މީގެ ފަސްދޮޅަސް އަހަރު ކުރީގެ މާޒީއަށް ބަލާއިރު، އަތޮޅުތެރޭގެ ބައެއް ރަށްރަށަކީ، ވަރަށް ބޮޑަށް ތަރައްޤީވެ އަމިއްލަ ވިޔަފާރިވެސް ކުރަމުންދިޔަ ރަށްތަކެއް ކަމަށެވެ. އެގޮތުން އެދުވަސްވަރު ނާލު ބައްތެއްޔާއި ބޯޓު ފަހަރުގައި ރާއްޖޭން ބޭރަށް މުދާ ގެންގޮސް ވިޔަފާރީގެ މުޢާމަލާތްތައް ހިންގި ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް ތަނަވަސް ކަމާއެކު އުޅެލޭނެ އެއްރަށް ނުވަތަ ދެރަށް އޮންނަ ކަމަށާއި ނަމަވެސް ފަހުން ސަރުކާރުގެ ސިޔާސަތަކަށް ގެނެވުނު ބަދަލެއްގެ ސަބަބުން ހުރިހާކަމެއް މަރުކަޒު ކުރެވިގެންދިޔުމުގެ ސަބަބުން ރަށްރަށަށް އަންނަންޖެހޭ ތަރައްޤީ އޮތީ މަޑުޖެހިފައި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ޒަމާންވީ ދިގު ތާރީޚުގައި މަރުކަޒީކޮށް ހިންގަމުންދިޔަ ސިޔާސަތަށް ބަދަލުގެނެސް ލާމަރުކަޒީ އުސޫލުން ހިންގުމަށް ޤާނޫނު އަސާސީއަށް ގެނައި އިސްލާޙަކީ މިއަދު އަތޮޅުތަކުގެ ރަށްރަށް ތަރައްޤީކުރުމުގައި ލިބުނު އެންމެބޮޑު ކުރިއެރުންކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު ޤަބޫލުކުރައްވަނީ ރާއްޖެ ތަރައްޤީވެގެންދާނީ ލާމަރުކަޒު ކުރެވިގެންނެވެ. އެމަނިކުފާނު ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރަށްރަށަށް ބާރުތައް ދޫކޮށްލެވެންޖެހޭ ކަމަށާއި ވިޔާފާރީގެ މުއާމަލާތްތައް ކުރުމަށް ދޫކޮށްލުމާއި، ތައުލީމާއި ސިއްހީ ނިޒާމުގެ ކަންކަން ކުރިއަށްދާންވާނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަމަށެވެ.

“ލާމަރުކަޒު ކުރެވިގެން ކަންކަން ކުރިއަށްދާން ފެށުމުން ބަދަލުތައް އަންނާނެ، އަޅުގަނޑުމެންގެ އެންމެބޮޑު އެއް ސިޔާސަތަކީ މާލެ ތޮއްޖެހި، މަރުކަޒު ކުރެވިފައި އޮތް ބާރުތައް ރަށްރަށަށް ދޫކޮށްލުން، އެގޮތުން މިހާރުވެސް އެންމެ ބޮޑު އިސްކަމެއް ދީގެން މި ކުރިއަށް ގެންދަނީ ސިއްޙީ ނިޒާމުގެ ކަންކަން ލާމަރުކަޒު ކުރުން” ރައީސް

މީގެ އިތުރުން ރައީސް ވިދާޅުވީ ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ މަސައްކަތުގައިވެސް، ލާމަރުކަޒީ ނިޒާމު ޤާޢިމުކުރުމާ މެދު ޤާނޫނު އަސާސީގައި ލިޔެފައިވަނީ އެންމެ މާއްދާއެއް ކަމަށެވެ.

ރައީސް ވިދާޅުވީ ލާމަރުކަޒީ އުސޫލުން އިދާރީދައިރާތައް ހިންގުމަށް ކުރިމަތިވި ހުރަސްތަކާއި ގޮންޖެހުންތައް ވަރަށް ގިނަ ކަމަށާއި އެގޮތުން އޭރު އެމްޑީޕީގެ ފަރާތުން 800 އަށްވުގެ ގިނަ އިސްލާހު ހުށަހެޅުމުން ތިން ދުވަސް ވަންދެން މަޖިލީހުގެ ޖަލްސާ ބާއްވާއި އެހުރިހައި އިސްލާޙުތަކެއް މަޖިލީހުން ބޭރުކޮށްލާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ހޭދަކުރެއްވި މުއްދަތުގެ ތެރޭގައި އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި ކުރެވުނީ ޤާނޫނު އަސާސީ ޑްރާފްޓް ކުރުމުގެ މަސައްކަތް ކަމަށާއި އޭގެ ތެރެއިންވެސް ލާމަރުކަޒީ ޤާނޫނުގެ ބާބު ފާހަގަކޮށްލެވޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއީ ވަރަށް ޚިޔާލު ތަފާޔުވުންތައް އުފެދުނު ކަމެއްކަމުގައި ރައީސް ވިދާޅުވިއެވެ.

“އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި ކުރެވުނީ ޤާނޫނު އަސާސީ ޑްރާފްޓް ކުރުމުގެ މަސައްކަތުގައި އުޅުއްވުން. ޤާނޫނު އަސާސީ އިސްލާހު ކުރަމުންދިޔަ އިރު ލާމަރުކަޒީ ބާބު ޑްރާފްޓް ކުރާ ހިސާބަށް ދިއުމުން ޚިޔާލު ތަފާތުވި. އެންމެ މާއްދާއެއް ފުރަތަމަ ލިޔެވުނީ. އެމަސައްކަތުގެ ތެރެއިންވެސް ވަރަށް އުފާވި ދުވަހެއް 18 އަހަރުވާ މީހުންނަށް ވޯޓް ލެވޭ ފުރުސަތު ލިބުން. އެދުވަހުވެސް ކަން ހިނގިގޮތުން ހަނދާން ހުންނާނެ ބޭފުޅުން މިހާރުވެސް ތިއްބަވާނެ” ރައީސް

ރައީސް ވިދާޅުވީ ޤާނޫނު އަސާސީ އިސްލާހު ކުރުމަށް ކުރެވުނު މަސައްކަތުގައި ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ޤާނޫނު އަސާސީގައި ކަނޑައެޅުމަކީ ރާއްޖޭގެ ތަރައްޤީއަށް ލިބިގެންދިޔަ އެންމެބޮޑު ފުރުސަތުކަމަށެވެ.

ކޮވިޑް-19 ގެ ސަބަބުން އެޅި ފިޔަވަޅުތަކާއި އެކު ސިއްހީ ފަރުވާހޯދުމަށް މާލެއަށް އަންނަން މިހާރު ވަރަށް ދަތިކަމަށާއި މިދަނޑިވަޅުގައި އަތޮޅުތަކުގެ ރަށްރަށުގައި ހުރި ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގެ ބޭނުން ރައްޔިތުން ހިފަމުން އަންނަތަން ފެނިގެންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: