ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާމިޔާބީގެ ފެށުމަކީ ބޯޑަރު ހުޅުވާލަން ނިންމެވުން: ތޮއްޔިބް

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރ ތޮއްޔިބް މުހައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ފަތުރުވެރިކަމަށް މިހާރު ލިބެމުންދާ ކާމިޔާބުގެ ފެށުމަކީ ބޯޑަރު ހުޅުވާލަން ނިންމި ނިންމެވުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މެނޭޖިން ޑިރެކްޓަރ ތޮއްޔިބް މުހައްމަދު ވިދާޅުވެއްޖެއެވެ.

2020 ވަނަ އަަހަރު އެމްއެމްޕީއާރުސީއިން ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ހިންގި ހަރަކާތްތަކުގެ ތަފްސީލް ހިއްސާކުރައްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް މަސައްކަތްކުރުމަށް ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާންޖެހުނު ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް މީގެ ކުރިން، ނުކުރާފަދަ ގޮތްތަކަކަށް މަސައްކަތް ކުރަން ޖެހުނުކަމަށް ތޮއްޔިބް ވިދާޅުވިއެވެ.

ތޮއްޔިބް ވިދާޅުވީ، މީގެ ކުރިން ފަތުރުވެރިކަން އިޝްތިހާރުކުރުމަށް މަސައްކަތް ނުކުރާ ފަދަ ގޮތްތަކަކަށް މަސައްކަތްކުރަން ޖެހުމުން ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހުނުކަމަށެވެ. އެހެންނަމަވެސް، ގޮންޖެހުންތަކާއި އެކުވެސް ހުއްޓާނުލައި ކުރި މަސައްކަތުން ރަނގަޅު ނަތީޖާއެއް ލިބިގެންދިޔަަކަން ފާހަގަކުރެއްވިއެވެ. ތޮއްޔިބް ވިދާޅުވީ، މިހާރު ލިބެމުންމިދާ ކާމިޔާބީގެ ސިއްރަކީ އެދުވަހު ބޯޑަރު ހުޅުވާލުމަށް ނިންމެވި ނިންމެވުން ކަމަށެވެ. އަދި އެދުވަހު ބޯޑަރު ހުޅުވާލަން ނުނިންމިނަމަ، މިއަދު ހަތަރުހާހުން ފަސްހާހުން މީހުން އަންނަތަން ނުފެންނާނެކަމަށް ތޮއްޔިބް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ މުޅި ހަޔާތުގައިވެސް ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް މިހާ ބުރަ މަސައްކަތް ކޮށްފައިނުވާކަމަށް ތޮއްޔިބް ވިދާޅުވިއެވެ. ކޮވިޑް-19ގެ ހާލަތުގައި ބޯޑަރު ބަންދުކޮށްފައި އޮތްއިރުގައިވެސް ރާއްޖޭގެ ގްބޫލުކަން ކުޑަވިޔަ ނުދިނުމަށް މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ވިދާޅުވިއެވެ. އެގޮތުން ލޮކްޑައުންކޮށްފައި އޮތްއިރުވެސް 314 ޕްރޮމޯޝަނަލް ހަރަކާތެއް ހިންގިފައިވާކަމަށް ވިދާޅުވިއެވެ. އަދި 2020 ވަނަ އަހަރުގެ މިހާތަނަށް 412 ހަރަކާތެއް ހިންގުނު ކަމަށާއި މިހާރުވެސް 22 ހަރަކާތެއް ހިންގަމުންދާކަމަށް ވިދާޅުވިއެވެ.

ތޮއްޔިބް ވިދާޅުވީ، އަންނަ އަހަރަށްވެސް ގިނަ ކަންތައްތަކެއް ރާވާފައިވާ ކަމަށެވެ. އޭގެތެރޭގައި އޮންލައިން އަދި އޮންލައިން ނޫން ހަރަކާތްތައްވެސް އެބަހުރިކަން ފާހަގަކުރެއްވިއެވެ. މިއަހަރު އެމްއެމްޕީއާރުސީއިން ހިންގި ހަރަކާތްތަކުގެ ތެރެއިން 90 އިންސައްތަ ހަރަކާތްތަކަކީ އޮންލައިންކޮށް ކުރިއަށް ގެންދިޔަ ހަރަކާތްތަކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: