ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތ އަދި ލ އަތޮޅާއި ދެމެދު އެމްޓީސީސީއިން ފެރީ ދަތުރުތައް ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޓީސީސީގެ ފަރާތުން ތ އަތޮޅު އަދި ލ އަތޮޅާއިދެމެދު ފެށުމަށް ނިންމާފައިވާ ލޯންޗް ފެރީގެ ހިދުމަތް އިފްތިތާހުކޮށްފިއެވެ.

ތ އަދި ލ އަތޮޅާއި ދެމެދެ ފަށާ ލޯންޗް ފެރީގެ ޙިދުމަތް ދޭ ރޫޓްގައި ހިމެނޭ ރަށްތަކަކީ ތ. ވޭމަންޑޫ، ތ. ތިމަރަފުށި އަދި ލ. ގަމެވެ. އެގޮތުން މި ޚިދުމަތުގައި ތ. ވޭމަންޑޫއިން ތ. ތިމަރަފުއްޓަށް އެއްކޮޅު ޓިކެޓުގެ އަގަކީ 75.00 ރުފިޔާ ދެކޮޅު ޓިކެޓުގެ އަގަކީ 150.00 ރުފިޔާއެވެ. އަދި ތ.ވޭމަންޑޫ އަދި ތ. ތިމަރަފުށިން ލ. ގަމަށް އެއްކޮޅު ޓިކެޓުގެ އަގަކީ 250.00 ރުފިޔާދެކޮޅު ޓިކެޓުގެ އަގަކީ 400.00 ރުފިޔާއެވެ.

ތ އަދި ލ އަތޮޅާއި ދެމެދު މި ޚިދުމަތް ހަފުތާއަކު 4 ދުވަހު ފޯރުކޮށްދެވޭނެއެވެ. އެހަތަރު ދުވަހަކީ ހޮނިހިރު، އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެވެ.

މި ޚިދުމަތް ފެއްޓުމުގައި އެމްޓީސީސީއާއި ވަރަށް ގާތުން މަސައްކަތްކޮށްދެއްވި ކަމަށްޓަކައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޒް ފައްޔާޒް އިސްމާއިލް، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ، ލ.ގަމު ދާއިރާގެ މަޖިލީހުގެ މެމްބަރު މުހައްމަދު ވިސާމް އަދި ލ. ފޮނަދޫ ދާއިރާގެ މަޖިލީހުގެ މެމްބަރު މޫސާ ސިރާޖަށް ވަރަށް ހާއްސަ ޝުކުރެއް ކުންފުނިން ވަނީ އަދާކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: