ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަންގުޓީވީގެ އެޑްވައިސަރުގެ މަގާމަށް، މީޑިއާ ކައުންސިލްގެ ރައީސް ސަހުބާން!

ސަންގުޓީވީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ވަހީދު އަސްވާޑު އާއި، އެމްއެމްސީ ރައީސް ސަހުބާން
ޝެއާރކޮށްލާ ކަހަލަދޯ؟

ސަންގުޓީވީގެ އެޑްވައިސަރުގެ މަގާމަށް، މީޑިއާ ކައުންސިލްގެ ރައީސް ސަހުބާން ފަހުމީ ހަމަޖައްސައިފިއެވެ.

އެމްއެމްސީގެ ރައީސްކަމަށް އަލަށް އިންތިހާބުވި ޝަހުބާން މީގެ ކުރިން އަދާކުރަމުން އައީ ސަންގު ޓީވީގެ ނިއުސް ހެޑުގެ މަގާމެވެ. އަދި ތަފާތު އެކި ޕްރޮގްރާމްތައް ހުށަހަޅައި، ޕްރޮޑިއުސްކޮށްފައި ވެއެވެ.

އެމްއެމްސީއަށް އިންތިހާބުވެ، ކައުންސިލްގެ މަސައްކަތްތައް ވީހާވެސް އިންސާފުވެރިކޮށް ކުރިޔަށް ގެންދިއުމަށްޓަކާ ޓީވީގެ މެނޭޖުމެންޓާއި މަޝްވަރާކޮށް ސަހުބާން ވަނީ ސަންގުޓީވީގެ ނިއުސްރޫމާއި، ހަބަރުތަކާއި ގުޅުން ހުރި ކަންކަމުން އެކަހެރިވެފައެވެ.

ސަންގުގެ މެނޭޖުމެންޓުން ބުނެފައިވަނީ، ސަހުބާން ޓީވީގެ އެޑްވައިޒަރަކަށް ހަމަޖައްސާފައިވަނީ އެމްއެމްސީގެ މަސައްކަތްތައް ކުރުމުގައި އޭނާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި ސަހުބާން އޭނާގެ މަސްއޫލިއްޔަތުން އެކަހެރިވި ނަމަވެސް، ސަންގުޓިވީގެ އެޑްވައިޒަރުގެ މަގާމަށް އައްޔަންކުރުމަށް ހަމަޖައްސާފައި ވާ ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: