ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖެނުއަރީ އެކަކުން ފެށިގެން ސާވިސްޗާޖު ދިނުން މަޖުބޫރުވާނެ

ރިސޯޓެއްގައި މަސައްކަތްކުރާ މުވައްޒަފުން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ދޭ ހިދުމަތުން ނަގާ ސާވިސްޗާޖު، ހިދުމަތް ފޯރުކޮށްދޭ މުވައްޒަފުންނަށް ހަމަހަމަ އަށް ބަހަންޖެހޭ އިސްލާހަށް އަމަލު ކުރަން ފަށާނެއެވެ.

ވަޒީފާ އާއި ބެހޭ ގާނޫނަށް ގެނައި އިސްލާހާއެކު ފަތުރުވެރިކަމުގެ ސިނާއަތުގައި ހިންގާ ވިޔަފާރިތަކުން ފޯރުކޮށްދޭ ކޮންމެ ހިދުމަތަކުން 10 ޕަސެންޓަށްވުރެ މަދުނޫން އަދަދަކުން ސާވިސްޗާޖު ނަގަން ޖެހެއެވެ.

އެގޮތުން ސާވިސްޗާޖުގެ ގޮތުގައި ލިބޭ ފައިސާ، ޖެހިގެން އަންނަ މަސް ނިމުމުގެ ކުރިން މުވައްޒަފުންނަށް ދޭން ޖެހެއެވެ.

މީގެ އިތުރުން ސާވިސްޗާޖުގެ ގޮތުގައި ވަޒީފާދޭ ފަރާތަށް ލިބޭ އަދަދުގެ އެއް ޕަސެންޓު، އިދާރީ ފީގެ ގޮތުގައި ވަޒީފާދޭ ފަރާތަށް ނެގިދާނެ އެވެ.

ފަތުރުވެރިކަމުގެ ވިޔަފާރިތަކުން ސަރވިސްޗާޖް ނަގަމުންނުދާނަމަ ނުވަތަ މުވައްޒަފުންގެ މެދުގައި ހަމަހަމަކަމާއެކު ސާވިސްޗާޖު ބަހަމުންނުދާނަމަ ވަޒީފާ ދޭ ފަރާތްތައް 100،000 ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާކުރުމާއެކު އެފަރާތްތަކާމެދު ފިޔަވަޅުއެޅުމުގެ ބާރު ލޭބާ ރިލޭޝަންސް އޮތޯރިޓީއަށް ގާނޫނުން ލިބިދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: