ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

3 ރަށަކާއި 1 ބިމުގައި ރިޒޯޓް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

03 ރަށަކާއި 1 ބިމުގައި ޓޫރިސްޓް ރިޒޯޓެއް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލުމަށް ޓުއަރިޒްމް މިނިސްޓްރީއިން ނިންމައިފިއެވެ.

ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅުއްވާފައިވާ ރަށްރަށާއި ބިމުގެ ތެރޭގައި ހިމެނެނީ

  1. ތިލަދުންމަތީ އުތުރުބުރީ (ހއ) އަލިދުއްފަރު ފިނޮޅު 
  2. ތިލަދުންމަތީ ދެކުނުބުރީ (ހދ) ވައިކަރަމުރައިދޫ (15 ހެކްޓަރުގެ ބިން)
  3. މިލަދުންމަޑުލު އުތުރުބުރީ (ށ) ކުޑަޅައިމެންދޫ
  4. މިލަދުންމަޑުލު ދެކުނުބުރީ (ނ) ކުންނަމެލައި އެވެ.

މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 14 ޖަނަވަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައ ވަރޗުއަލްކޮށް (ޒޫމް މެދުވެރިކޮށް) ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، 07 މާރިޗު 2021 ވާ އާދީއްތަ ދުވަހު 10:00 އަށް މި މިނިސްޓްރީއަށް ހާޟިރުވެ ބީލަން ހުށަހެޅުއްވުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށްޓަކައި 13 ޖަނަވަރީ 2021 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މިމިނިސްޓްރީގެ އީމެއިލް planning@tourism.gov.mv އަށް މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދި ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯން ނަންބަރު އީމެއިލް ކުރެއްވުމަށްވެސް މިނިސްޓްރީން އާންމުކުރި އިއުލާނުގައިވެއެވެ.

މި އިޢުލާނާއި ގުޅޭ ބީލަން ފޮތް ގަތުމަށް ހުށަހަޅަން ޖެހިވަޑައިގަންނަވާ އެޕްލިކޭޝަން ފޯމް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. ބީލަން ފޮތް ލިބިވަޑައިގަންނަވާނީ 31 ޑިސެމްބަރު 2020 ވާ ބުރާސްފަތި ދުވަހުން ފެށިގެން 04 މާރިޗު 2021 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 0900 – 1300 އާއި ދެމެދު  މިނިސްޓްރީ އޮފް ޓޫރިޒަމް (ވޭލާނާގެ، 5 ވަނަ ފަންގިފިލާ) ރިސެޕްޝަނުންނެވެ.

މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 2 މާޗް 2021 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މިމިނިސްޓްރީގެ އީމެއިލް planning@tourism.gov.mv އަށް އީމެއިލް ކުރައްވައިގެން ސާފުކުރެއްވުމަށް މިނިސްޓްރީއިން ވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: