އެއް ފަހަރު ބޭނުން ކޮށް އުކާލާ ޒާތުގެ ޕުލާސްޓިކު މަރުހަލާތަކަކަށް ބަހާލައިގެން ރާއްޖެ އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުމާއި ބޭނުން ކުރުން މަނާކުރާ ގޮތަށް އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވާފައިވާއިރު، އަންނަ އަހަރުން ފެށިގެން މަނާ ކުރާ 12 ބާވަތެއް އާއްމު ކޮށްފި އެވެ.
އެއް ފަހަރު ބޭނުން ކޮށް އުކާލާ ޒާތުގެ އެކި ވައްތަރުގެ ޕުލާސްޓިކު ރާއްޖެއަށް އެތެރެ ކުރުން މަނާ ކުރާނީ މަރުހަލާތަކަކަށް ބަހާލައިގެންނެވެ. އެފަދަ ތަކެތި ރާއްޖެ އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުމާއި ބޭނުން ކުރުން މަނާކުރާ ގޮތަށް އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވުމާއެކު މި ގާނޫނަށް އަންނަ އަހަރު ފެށުމާއެކު އަމަލު ކުރަން ފަށާނެއެވެ.
ޖެނުއަރީ މަހުން ފެށިގެން އެފަދަ ހުރިހާ ޕްލާސްޓިކެއް އެތެރެ ކުރުން ފުރަތަމަ މަނާ ކުރި ނަމަވެސް، ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކަށް ކުރި އަސަރުތަކާ ގުޅިގެން ފަހުން ވަނީ މި އިސްލާހަށް ބަދަލު ގެނެސް، އެކި މަރުހަލާތަކަށް ބަހާލައިގެން އެކި މުއްދަތުތަކުގައި ސިންގަލް-ޔޫސް ޕްލާސްޓިކް މަނާ ކުރުމުގެ ފުރުސަތު ދިނުން ފާސްކޮށްފައެވެ.
އެގޮތުން ޖޫން މަހުން ފެށިގެން މަނާވާ 12 ވައްތަރެއްގެ ޕްލާސްޓިކް މިހާރު ވަނީ އާންމުކޮށްފައެވެ.
ޖޫން 2021 އިން ފެށިގެން މަނާވާ ޕްލާސްޓިކް
- ދިޔާތަކެތި ބޯން ބޭނުންކުރާ ޕްލާސްޓިކް ހޮޅި
- ޕްލާސްޓިކް ތަށި، ސަމުސާ، ވަޅި، އޫ، ދިޔާތަކެތި ގިރަން ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު
- ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކް ކޮތަޅު
- ޕްލާސްޓިކްގައި ބަންދުކޮށްފައި އިމްޕޯޓްކުރާ ސުޕާރީ
- 250 މިލިލީޓަރަށް ވުރެ ކުޑަ ސިންގަލް ޔޫސް ކޮފީ ތަށި
- ޕްލާސްޓިކް ދަނޑިކޮޅު ލާފައިވާ ކަފަބުރު
- 50 މިލިލީޓަރާއި އެއަށްވުރެ ކުދި ޝޭމްޕޫ އަދި ސައިބޯނި ފުޅި
- ރާއްޖެއަށް އިމްޕޯޓުކުރާ 500 މިލިލީޓަރަށް ވުރެ ކުދި ޕެޓު ފުޅި (ފެނާއި ލުއި ބުއިން ހިމެނޭ ގޮތަށް)
ތުނި (50 މައިކްރޯން އަށް ވުރެ) ޕްލާސްޓިކް ކޮތަޅު ޑިސެމްބަރު 2022ގައި އަދި އެއް ލީޓަރަށް ވުރެ ކުދި ޕެޓް ފުޅި ޑިސެމްބަރު 2023ގައި މަނާކުރަން ވެސް ވަނީ ރާވައިފައެވެ.

