ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާރުގެ އުއްތަމަ ފަނޑިޔާރު ގަނެވޭނެ މީހެއް މި ރާއްޖެއަކު ނުހުންނާނެ: ދޮންބިލެތް

ބިލެއްދޫ ދާއިރާގެ މެމްބަރު ދޮންބިލެއް އަހުމަދު ހަލީމް
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ގަނެލެވޭނެ ވަރުގެ މީހަކު މިރާއްޖެއަކު ނުހުންނާނެ ކަމަށާއި މިހާރު އުއްތަމަ ފަނޑިޔާރަކީ ފައިސާއަށް ގުޑުވާލެވޭނެ ބޭފުޅެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގައި ވާހަކަ ދައްކަވުން ހަލީމް ވިދާޅުވީ، ރައީސް ސޯލިހާއި ރައީސް ނަޝީދު ވިދާޅުވިޔަސް އަދި އެހެންވެސް ސިޔާސީ ލީޑަރެއްގެ ނުފޫޒަކަށްވެސް މިހާރުގެ އުއްތަމަ ފަނޑިޔާރު ނުގުޑާނެ ކަމަށެވެ. އަދި މިއަދު ސުޕްރީމް ކޯޓަކުން ފާޑުފާޑުގެ ހުކުމެއް ނުނެރޭނެ ކަމަށް ހަލީމް ވިދާޅުވިއެވެ.

ހަލީމް ވިދާޅުވީ، މިހާރު ދަންވަރު ކޯޓު ހުޅުވައިގެން އަމުރުނެރި ހުކުމްކުރުމާއި އަދި އަދި ސަރުކާރުން ސުޕްރީމް ކޯޓަށް އަތްބައިނައިގެން ހުކުމްކުރި ދުވަސްތައް މާޒީވެ ހިގައްޖެ ކަމަށެވެ. މިއަދު ސުޕްރީމް ކޯޓުވެސް އަދި އެހެން ކޯޓުތައްވެސް ރަނގަޅުވަމުން އަންނަތަން ފެންނަ ކަމަށްވެސް ހަލީމް ވިދާޅުވިއެވެ.

ރާއްޖޭގެ ރައްޔިތުންނަށް ލިބުނު އެންމެ ބޮޑު ހެވަކީ ރާއްޖޭގެ ޝަރުޢީ ދާއިރާ އިސްލާހުކޮށް، ޝަރުއީ ދާއިރާގައި ހުރި މައްސަލަތައް އިސްލާހު ކުރުމަށް ރައީސް ނަޝީދު ޖޭއެސްސީގައި އިންނެވުމުން ކަމަށް ހަލީމް ވިދާޅުވިއެވެ. އިންސާފުގެ ދަތުރު ކާމިޔާބުވުމުގެ އަސްލަކީވެސް ރައީސް ނަޝީދު ކަމަށާއި މިއަދު އެއްވެސް ފަނޑިޔާރަކާއި ޒާތީވެގެން ސަރުކާރުންވެސް އަދި ޖޭއެސްސީންވެސް އުޅޭތަނެއް ނުފެންނާނެ ކަމަށް ހަލީމް ވިދާޅުވިއެވެ.

ހަލީމް ވިދާޅުވީ ޖުޑިޝަލް ސާވިސް ކޮމިޝަނުން މީގެ ކުރިން ޝަރުޢީ ދާއިރާ އިސްލާހުކޮށް ރަނގަޅު ކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަމަށެވެ. ނަމަވެސް މިއަދު ޖޭއެސްސީން ކުރަމުންދާ މަސައްކަތުން ރާއްޖޭގެ ޝަރުޢީ ދާއިރާގައި ހުރި މައްސަލަތައް ހައްލުކޮށް ޝަރުއީ ދާއިރާއަށް ރައްޔިތުންގެ އިތުބާރު ލިބެމުންދާކަމަށެވެ.

ހަލީމް ވިދާޅުވި ގޮތުގައި މީގެ ކުރިން ރާއްޖޭގެ ފަނޑިޔާރުގެތަކަކީ ހުކުމްތައް ވިއްކަމުންދިޔަ ތަންތަނެވެ. އޭރު ދިގު ލިސްޓެއް އަގުޖަހައިގެން ހުކުމް ވިއްކަން ގެންގުޅުނަކަމާށާއި، ނަމަވެސް މިއަދު ހުކުމެއް ނުވިއްކޭނެކަމަށެވެ.

“ކުރީގައި އޮންނަނީ ފަނޑިޔާރުގޭގައި އަގު ލިސްޓެއް ނޫންތޯ، ވައްކަމުން ސަލާމަތްވާން ތިން މިލިއަން، މީހަކު މަރާފައި ސަލާމަތްވާން ހަތަރު މިލިއަން، އަގުލިސްޓެއް ހިފައިގެން ކޯޓު ދޮރުމަތީގައި މީހަކު ހުރެއެއް ނޫންތޯ ފަނޑިޔާރުންގެ ފަރާތުން ލާރި ހޯދަން ނުކުމެ، މިހާރު އެހެން ނުވާތީ ރުޅި އަންނަ މީހުންވެސް އެބަތިބި، ކޯޓުން ދިރިއުޅުން ހޯދި މީހުން އެބަތިބި” ހަލީމް

މީގެ އިތުރުން ހަލީމް ވިދާޅުވީ ފުލުހުންގެ ތެރޭގައިވެސް ބެލެކްމެއިލްވެފައިވާ ފުލުހުންތަކެއް އެބަތިބި ކަމަށެވެ. އެގޮތުން ފުލުހުންގެ ތެރޭގައި ވަރަށް ތަޢުލީމީ އިޚުލާޞްތެރި ޚިދުމަތްތެރިން އެބަތިބި ނަމަވެސް އޭގެ ތެރޭގައި ބްލެކްމެއިލުވެފައިވާ ބަޔަކު ތިބި ކަމަށް ވިދާޅުވިއެވެ.

ބްލެކްމެއިލު ވެފައި ތިބި ފުލުހުންނަކީ “ބަޣާވާތު”ގައިވެސް ބައިވެރިވެފައިވާ، އެމްއެމްޕީއާރުސީ ޚިޔާނާތާއި ފެންފޯއް ރުއްތައް ނެއްޓުމުގައިވެސް ހިއްސާވާ ފުލުހުން ކަމަށް ހަލީމް ވިދާޅުވިއެވެ.

ފުލުހުންގެ ތެރޭގައި ތިބި ބްލެކްމެއިލްވެފައިވާ މީހުންނާއި ސުޕްރީމް ކޯޓުގައި ކުރީގައި ތިއްބެވި ފަނޑިޔާރުންވެސް އެމްޑީޕީ ނޫން ގޮތެއް ބޭނުންވެވަޑައިގަންނަވާ ކަމަށް ހަލީމް ވިދާޅުވިއެވެ. އަދި އެފަރާތްތަކަށް އެމްޑީޕީ ނޫން ކޮންމެ ފަރާތެއް ވެރިކަމަށް ގެނެވުނަސް ވަރިހަމަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: