މިއަދު ރާއްޖެއިން ކޮވިޑް19އަށް 47 މީހަކު ޕޮޒިޓިވްވެއްޖެ އެވެ. އޭގެ ތެރެއިން 30 މީހުން ޕޮޒިޓިވްވީ މާލެއިންނެވެ
މިއަދު ޕޮޒްޓިވްވި މީހުންގެ ތެރެއިން 30 މީހުން ޕޮޒްޓިވްވީ މާލެ އިންނެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދު ވަނީ 13،738 އަށް އަރާފައެވެ.
މިއަދު ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ، 16 އެވެ. އެއާއެކު ޖުމްލަ ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ، 13،125 އެވެ.
ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދަކީ، 558 އެވެ. އޭގެ ތެރެއިން 29 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ. ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދަކީ، 48 އެވެ.

