ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާޓީތަކުން ހުށައަޅާ ފޯމްތަކުގެ ސައްހަކަން ކަށަވަރުކުރާނެ ގޮތެއް އީސީގައި ނެތް: އޭސީސީ

އީސީއިން ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެންނަން ހުށަަހަޅާފައިވާ އިސްލާހަށް ބޭއްވި މަޝްވަރާގެ ތެރެއިން: ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާ ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރެވެނެ ގޮތެއް ނެތްކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ހާމަކޮށް އެކަމާއި މެދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އޭސީސީއިން ޝާއިއުކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ މާލީ ނިޒާމުގެ ނަޒާހާތްތެރިކަން ހަރުދަނާކުރުމުގެ ދިރާސީ ރިޕޯޓުގައި ވަނީ ޕާޓީތަކަށް ލިބޭ ބަޖެޓާއި އެހެނިހެން އިނާޔަތްތައް ލިބިދިނުމުގައި ޕާޓީގެ ދަފްތަރަކީ މުހިންމު މަސްދަރެއް ކަމަށެވެ. އެހެންކަމުން، އެފަދަ މައުލޫމާތާއި ލިޔެކިޔުމުގެ ސައްހަކަން ކަށަވަރުކުރުމަކީ ސިޔާސީ ޕާޓީތަކުގެ މާލީ ނިޒާމުގެ ނަޒާހަތްތެރިކަން ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ މުހިންމު ކަމެއްކަމަށް އޭސީސީގެ ރިޕޯޓުގައިވެއެވެ.

ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާއާއި އެހީ ދިނުމުގެ ދަފްތަރަށް ރިއާޔަތްކުރާއިރު، ދަފްތަރު ބަލަހައްޓާނެ ހަރުދަނާ ނިޒާމެއް ގާއިމްކުރެވިފައި ނުވާކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމަށްޓަކައި އިނގިލީގެ ނިޝާން ސްކޭން ކުރާނެ ވަސީލަތްތައް އިލެކްޝަންސް ކޮމިޝަނުގައި ގާއިމުކުރެވިފައި ނުވާކަން އޭސީސީއިން ފާހަގަކުރެއެވެ. އެހެންކަމުން، ޕާޓީތަކަށް ލިބޭ ބަޖެޓާއި އެހެނިހެން އިނާޔަތްތައް ލިބިދިނުމުގައި ޕާޓީގެ ދަފްތަރަކީ އެފަދަ މައުލޫމާތާއި ލިޔެކިޔުމުގެ ސައްހަކަން ކަށަވަރުކުރުމަކީ ސިޔާސީ ޕާޓީތަކުގެ މާލީ ނިޒާމުގެ ނަޒާހަތްތެރިކަން ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ މުހިންމު ކަމެއްކަމަށާއި އެހެންނަމަވެސް، މިހާތަނަށް އެކަން ކުރެވިފައި ނެތްކަމަށް ރިޕޯޓުގައިވެއެވެ.

އޭސީސީއިން ބުނީ ފޯމު ވެރިފައިކޮށް ޕާޓީގެ ރަޖިސްޓަރީ ބެލެހެއްޓުމުގައި ދިމާވެފައިވާ ގޮންޖެހުންތަކާއި ޕާޓީތަކުން ހުށަހަޅާ ލިޔެކިޔުންތައް ވެރިފައިކުރެވޭނެ ގޮތެއް މިހާތަނަށް އައިއިރު ގާއިމްވެފައި ނެތްކަމަށެވެ. އެހެންކަމުން މައުލޫމާތަށް ރިއާޔަތްކޮށް ދައުލަތުން ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމަކީ ހަމަހަމަކަމާއި އިންސާފުވެރިކަން ފަދަ ނަޒާހަތްތެރިކަމުގެ އަސާސްތަކާ ފުށުއަރާކަމެއް ގޮތުގައި ކޮމިޝަނުގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

މިމައްސަލަތައް ހައްލުކުރުމަށް އޭސީސީއިން ވަނީ ޖުމްލަ ހަތަރު ކަމެއް ވަނީ ހުށައަޅާފައެވެ. އެ ހަތަރު ކަމަކީ:

  •  ސިޔާސީ ޕާޓީގެ ގާނޫނުގެ 28 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އިލެކްޝަންސް ކޮމިޝަނުން ޕާޓީތަކުގެ މެންބަރުންގެ ރަޖިސްޓަރީގަވާއިދުން ބެލެހެއްޓުމާއި ކޮންމެ 6 މަހަކުން 1 ފަހަރު ސިޔާސީ ޕާޓީގައި ރަޖިސްޓަރީވެފައިވާ މެންބަރުންގެ އަދަދު ބަލައި ކަށަވަރުކުރުން.
  •  ސިޔާސީ ޕާޓީގެ ގާނޫނުގެ 49 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޕާޓީއެއްގެ މެންބަރުކަމަށް ގަވާއިދާ ޚިލާފަށް މީހެއްގެ ނަން ހުށަހަޅައިފިނަމަ އެކަން ކުރި ފަރާތެއް ޖޫރިމަނާކޮށް ފިޔަވަޅުއެޅުން.
  •  ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރުމުގައި ޕާޓީގެ ދަފްތަރުގައި ހިމެނޭ މެންބަރުންގެ އަދަދަށް ރިޢާޔަތްކުރާނަމަ، ޕާޓީގެ ދަފްތަރު ބެލެހެއްޓުމާއި މޮނިޓަރކުރުމުގެ ކަންކަން ހަރުދަނާކުރުމާއި ހާމަކަން އިތުރުކުރުން.
  •  ޕާޓީގެ މެންބަރަކަށް ވުމަށް އެދި ހުށަހަޅާ ފޯމުތައް ރަނގަޅަށް ވެރިފައިކުރުމާއި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅޭ އެފަދަ ފޯމުތަކާއިޝަކުވާއާ ގުޅޭ ސްޓޭޓަސް ބެލޭނެ ނިޒާމެއް ގާއިމުކުރުމެވެ.

އޭސީސީގެ މިދިރާސާއަށް މައުލޫމާތު ހޯދުމަށްޓަކައި ސިޔާސީ ޕާޓީތަކުގެ މާލީ ނިޒާމާގުޅޭގޮތުން ލިބެންހުރި ލިޔެކިޔުންތައް މުރާޖައާކުރުމުގެ އިތުރުން، ސިޔާސީ ޕާޓީތަކާއި އިލެކްޝަންސް ކޮމިޝަންގެ ކަމާބެހޭ މުވައްޒަފުންގެ ފަރާތުން މައުލޫމާތު ހޯދާފައިވާކަމަށް ކޮމިޝަނުން ބުނެއެވެ.

މި ދިރާސާގެ ނަތީޖާގައި ސިޔާސީ ޕާޓީތަކަށް ފައިސާއާއި ތަކެތި ހޯދޭނެ މިންވަރު ލިމިޓްކުރެވިފައިނުވުމާއި، ސިޔާސީ ޕާޓީތަކުގެ ދަފްތަރު ބަލަހައްޓާނެ ހަރުދަނާ ނިޒާމެއް ނެތުން، ސިޔާސީ ޕާޓީތަކުން ފައިސާ ޚަރަދުކުރާނެގޮތުގެ ހަރުދަނާ އުސޫލުތައް ކަނޑައެޅިފައިނެތުން، ބައެއް ޕާޓީތަކުން މާލީ ރިޕޯޓްތައް ހުށަހަޅަމުން ނުދިއުމާއި މާލީ މުޢާމަލާތްތަކުގެ ހާމަކަމާއި ދެފުށްފެންނަ މިންވަރު ކުޑަކަން އަދި އަދަބު ކަނޑައެޅުމާއި ތަންފީޒުކުރުމުގައި ހުރި ގޮންޖެހުންތަކަށް ވަނީ އަލިއަޅުވާލާފައެވެ. އަދި ދިރާސާގައި ހިމެނޭ މައިގަނޑު ކަންކަން އިސްލާހް ކުރުމަށް ކޮމިޝަނުން ދޭ ލަފަޔާއި އިރުޝާދު ވަނީ ދިރާސާގެ ރިޕޯޓުގައި ހިމަނާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ޢީސީއަކީ ތިހާ ނުކުޅެދޭ ތަނެއްނޫން އެބޭކަލުންގެ ޤާބިލްކަމަކީ ލޯކުރިމަތީން ފެންނަހުންނަ ހަނދުވެސް އެމީހުން ބޭނުންވުމުން ދުވާލުގެ އިރުކަމުގައި ދައްކާލުމުގެ ފުރިހަމަ ޤާބިލްކަން ހުރި ވަރަށް ޙިކުމަތްތެރި ބައެއް! ނިކަންބައްލަވާ މިދިޔަ ދެ އިންތިޚާބު ނަތީޖާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: