ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓްރަމްޕް ހައްޔަރު ކުރަން އިންޓަޕޯލްގެ އަމުރެއް ނެރެން އީރާނުން އެދެފި

ޓްރަމްޕާއި އެޑްވައިޒަރ ހޯޕް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހައްޔަރު ކުރަން އިންޓަނޭޝަނަލް ކްރައިމް ޕޮލިސް އިންވެސްޓިގޭޝަން (އިންޓަޕޯލް)ގެ އަމުރެއް ނެރެން  އެދެފި އެވެ.

އީރާނުގެ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުގައި އެގައުމުން އެމެރިކާގެ އޮފިޝަލުންތަކެއް ހައްޔަރު ކުރަން އިންޓަޕޯލްގައި އެދިފައި ވަނީ އެގައުމުގެ މޭޖާ ޖެެނެރަލް ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމާ ގުޅިގެންނެވެ. އަދި އެ އޮފިޝަލުންގެ ތެރޭގައި ޓްރަމްޕްވެސް ހިމެނެ އެވެ.

އެއީ އީރާނުން ޓްރަމްޕް ހައްޔަރު ކުރަން ބައިނަލްއަގުވާމީ އަމުރަކަށް އެދުނު ދެވަނަ ފަހަރެވެ.

މިދިޔަ ޖޫން މަހު އެގައުމުގެ ޕްރޮސެކިއުޓަރު ވަނީ ޓްރަމްޕާއި އެމެރިކާގެ އިތުރު އޮފިޝަލުންތަކެއްގެ މައްޗަށް މީހަކު މެރުމާއި ޓެރަރިޒަމްގެ ތުހުމަތު ކުރައްވާ، އެމީހުން ހައްޔަރު ކުރަން އަމުރެއް ނެރުއްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: