ޗައިނާއިން އެއް ދުވަސް ތެރޭ 119 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވުމުން އެ ސިޓީގެ 11 މިލިއަން މީހުން ފުރަބަންދުކޮށްފި އެވެ.
ޗައިނާގެ ހީބެއި ޕްރޮވިންސުގައި އޮންނަ ޝިޖަޖުއަންއިން މިދިޔަ ބުދަ ދުވަހު ފެނުނު ކޭސްތަކަކީ ފާއިތުވި ފަސް މަސް ތެރޭ އެ އެގައުމުން އެއް ދުވަސް ތެރޭ ފެނުނު އެންމެ ގިނަ ކޭސްތަކެވެ.
އެ ސިޓީގެ ފަސް ހޮސްޕިޓަލެއް މިހާރު ވަނީ ކޮވިޑް-19 ބަލި ޖެހޭ މީހުންނަށް ފަރުވާ ދޭން ހާއްސަކޮށްފަ އެވެ.
މީގެ އިތުރުން ޝިޖަޖުއަންގައި ދިރިއުޅޭ އެންމެން ކޮރޯނާވައިރަހަށް ޓެސްޓު ކުރުމަށްޓަކައި 5،000 ޓެސްޓިން ސްޓޭޝަން ވަނީ ގާއިމު ކޮށްފަ އެވެ.

