ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައުސިން އޮޑިޓް 2019: ދައުލަތަށް ގެއްލުންވާ ގޮތަށް ދެ މިލިއަން ރުފިޔާގެ ބަދަލުދީފައިވޭ!

ފޮޓޯ_ވަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

އޮޑިޓާ ޖެނެރަލް އޮފީހުން އެކުލަވާލާފައިވާ ހައުސިން މިނިސްޓްރީގެ 2019 ވަނަ އަހަރުގެ ކޮމްޕްލައިންސް އޮޑިޓް ރިޕޯޓުން އެ މިނިސްޓްރީން ދައުލަތަށް ގެއްލުންވާ ގޮތަށް ބަދަލުދީފައިވާކަން ހާމަވެއްޖެއެވެ.

އޮޑިޓު އޮފީހުން އާންމުކޮށްފައިވާ ރިޕޯޓުގައި ވާ ގޮތުން ހދ. ހަނިމާދޫ ގައި އިމާރާތް ކޮށްފައިވާ 70 ހައުސިންގ ޔުނިޓް އިމާރާތް ކުރުމަށްފަހު ހަވާލު ކުރަންޖެހޭ ފަރާތްތަކާއި ހަވާލުނުކޮށް ގިނަ ދުވަސްތަކެއް ފާއިތުވުމުގެ ސަބަބުން، ބަދަލުދީފައިވާ އިރު އެކަން ކޮށްފައިވަނީ ދައުލަތަށް ގެއްލުންވާ ގޮތަށެވެ.

އެގޮތުން ހދ. ހަނިމާދޫ ގައި ޢިމާރާތް ކޮށްފައިވާ 70 ހައުސިންގ ޔުނިޓް މަރާމާތު ކުރުމަށް ބޭނުންވާ ފައިސާ ކަނޑައެޅުމުގައި އެ ގެތަކަށް ލިބިފައިވާ ގެއްލުން ވަޒަންކޮށްފައި ނުވާކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން އެގެތަކުގެ ވެރިންނަށް ބަދަލު ދިނުމުގައި ދޫކޮށްފައިވާ ފައިސާ ޚަރަދު ކޮށްފައިވަނީ ދައުލަށް ގެއްލުންވަ ގޮތަށް ކަމުގައި އޮޑިޓް ރިޕޯޓުގައިވެއެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިޥާ ގޮތުގައި އެފަރާތްތަކާއި ހައުސިންގ ޔުނިޓްތައް ހަވާލުކުރިއިރު ލިބިފައިވާ ގެއްލުންތައް މަރާމާތު ކުރުމަށް އެތަންތަން ލިބުނު ފަރާތްތަކަށް ކޮންމެ ހައުސިންގ ޔުނިޓަކަށް 32,000 (ތިރީސް ދެ ހާސް އެއް ސަތޭކަ) ރުފިޔާގެ ރޭޓުން ފައިސާ ދީފައިވެއެވެ.

އެގޮތަށް ފައިސާ ދޫކުރިއިރު، އެ އަދަދު ކަނޑައެޅުމުގައި މިނިސްޓްރީޏް އެ ހައުސިންގ ޔުނިޓް ތަކަށް ލިބިފައިވާ ގެއްލުންތައް ވަޒަން ކޮށްފައި ނުވާކަމަށާއި ކޮންމެ ހައުސިންގ ޔުނިޓަކަށް 32,000 (ތިރީސް ދެ ހާސް އެއް ސަތޭކަ) ރުފިޔާ ދިނުމަށް ކަނޑައެޅި އުސޫލެއްވެސް އެނގެން ނެތްކަން އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.

ރިޕޯޓުގައި ވަނީ އެ 70 ހައުސިންގ ޔުނިޓްގެ މަރާމާތަށް ޚަރަދުވާނެ ފައިސާ އަންދާޒާ ކޮށްފައިވަނީ އެންމެ އެކަށީގެންވާ ގޮތައްކަން ކަށަވަރު ކުރެވޭނެ ގޮތެއް ނެތް ކަމަށެވެ.

މީގެ އިތުރުން އެ ހައުސިންގ ޔުނިޓްތަކުގެ މަރާމާތުގެ ގޮތުގައި މިނިސްޓްރީން ދޫކޮށްފައިވާ ޖުމްލަ 2,247,000 (ދެމިލިއަން ދުއިސައްތަ ސާޅީސް ހަތް ހާސް) ރުފިޔާ ދޫކޮށްފައިވަނީ ދައުލަތަށް އެންމެ ފައިދާހުރި ގޮތުގައިކަންވެސް ކަށަވަރު ކުރެވެން ނެތްކަން ވަނީ ފާހަގަކޮށްފައެވެ.

އޮޑިޓް އޮފީހުން ވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 6.23 (ށ) ގައި ބަޔާން ކޮށްފައިވާ ގޮތަށް ޚާއްޞަ އެހީގެ ފައިސާ ހޯދުމަށް ހުށަހަޅާއިރު، އެ ފައިސާ ހޯދުމަށް ބޭނުންވާ ކަމަކާ ގުޅޭ ފުރިހަމަ މަޢުލޫމާތު ހިމެނުމަށް ހައުސިން މިނިސްޓްރީއަށް އަންގާފައެވެ.

އެފަދަ ޚަރަދުތައް ކުރުމުގެ ކުރިން އެކަން ރަނގަޅަށް ދިރާސާ ކުރުމަށާއި، ހިނގާނެ ޚަރަދު ފުރިހަމައަށް ވަޒަން ކުރުމަށް ދަންނަވައި، އަދި ކަމާއި ގުޅޭ ލިޔެކިޔުން ފުރިހަމައަށް ބެލެހެއްޓުމަށްވެސް ވަނީ އަންގާފައެވެ.

އޮޑިޓް ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، 2019 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން އެ މިނިސްޓްރީއަށް ފާސްކުރި ބަޖެޓުން ޚަރަދުކުރި ގޮތުގެ ހިސާބާއި 2019 ވަނަ އަހަރު އެ މިނިސްޓްރީއަށް ލިބުނު އާމްދަނީ އާއި ހިނގި ޚަރަދުގެ ހިސާބު ދައުލަތުގެ މާލިއްޔަތުގެ ޤަވައިދުގައިވާ ގޮތަށް އޮޑިޓަރ ޖެނެރަލަށް ހުށަހަޅާފައިނުވެއެވެ.

ދައުލަތުގެ ބަޖެޓުންނާއި ދައުލަތުން ބަލަހައްޓާ ފަންޑު އެކައުންޑްތަކުން ޚަރަދުކޮށްގެން ދައުލަތުގެ އޮފީސްތަކަށް ހޯދާ އެންމެހައި ހަރު މުދަލާއި އެހީގެ ގޮތުގައި އާއި އެނޫންވެސް ގޮތްގޮތަށް ދައުލަތަށް ލިބޭ އެންމެހައި ހަރުމުދަލުގެ މައުލޫމާތު ބަލަހައްޓަންޖެހޭނެ ކަމަށް ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގައި ބަޔާންކޮށްފައި ވިޔަސް، މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓްގެ އެގޮތަށް އަމަލުކޮށްފައިނުވާކަންވަނީ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: